Live Traffic

Jul 13, 2012

މިހާރު ކުރިއަށް ދާ މުޒާހަރާގެ ބޭނުމަކީ

މިހާރު ކުރިއަށް ދާ މުޒާހަރާގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިކަމުން ހާސިލުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ޔަގީންވާ  އެއްކަމަކީ އަންނި ބުނާހެން އަވަސް އިންތިހާބެއް ނުބޭއްވޭނެއެވެ. އެއީ ހަމަ ދައްކާ ދަޅައެވެ. ސަބަބަކީ މިހާރު މިއޮތް ގާނޫނު އަސާސީއެވެ. މިގާނޫނު އަސާސީ އޮތްހާ ހިނދަކު އެކަމެއް ނުވާނެއެވެ. އެހެން ނޫނަސް އިންތިހާބެއް ބޭއްވޭނީ
1. ވަހީދާއި ވަހީދުއްދީން އިސްތިއުފާ ދީ، މަޖިލީހުގެ ރައީސާ ހަވާލުކޮށް 60 ދުވަސް ވުމުން ނެވެ. މިފަދަ ޕުރެޝަނެއް ގެނެވޭނެ ގޮތެއް ނެތެވެ. ރާއްޖެއިން ބޭރުންވެސް އަދި އެތެރެއިންވެސް އެފަދަ ކަމެއް ނުކުރެވޭނެއެވެ. އަދި އެކަން ކުރުމަށް އިއްތިހާދުގެ ބައިވެރިން ދެކޮޅު ހަދާނެއެވެ. ބޭރު ބަޔަކަށް އެގޮތަށް އަމަލުކުރަން ނުބުނެވޭނީ އިންކުއަރީ ކޮމިޝަނުން އަދި ގޮތެއް ނިންމާފައި ނުވުމާއި އެފަދަ ކަމަކަށް ގޮވާލުމުގެ ހުއްޖަތެއް ނެތީމައެވެ.
2. މިހާރު އޮތް ގާނޫނު އަސާސީ ބުނާގޮތުން އިންތިހާބުގެ ތާރީހު ކަނޑައަޅަނީ އިލެކްޝަން ކޮމިޝަނަރުންނެވެ. އެކަން އެމީހުން ކަނޑައަޅާނީ މިހާރު އަމަލުކުރެވެމުންދާ ގާނޫނު އަސާސީއާ އެއްގޮތަށެވެ. އެއިން އެފުރުސަތެއް އެއްވެސް މީހަކަށް ނުދެއެވެ.
3. ދެން އޮތީ ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. އެއްމެ މީހަކަށް ޓަކައި އަދި އެއްމެ ޕާޓީއަކަށް ޓަކައި އަދި ގައުމު މިހާ ހަލަބޮލި ކުރަމުންދާ ދަޅިވަޅެއްގައި އެއްވެސް ސިޔާސީ ޕާޓީ އަކުން އެކަން ކުރާކަށް އެއްބަހެއް ނުވާނެއެވެ.

ވެރިކަން ބަދަލުވީގޮތް ތަހުގީގު ކުރެވެމުން ދަނިކޮށް މިފަދަ މުޒާހަރާތަކެއް ކުރުން މާނަ ކުރެވެނީ ވެރިކަން ބަދަލުވުމުގައި އަންނިގެ އިހުމާލުތަކެއް ހުރުމާއި އެކަން ފޮރުވަން މަސައްކަތްކުރުމެވެ. އެހެންޏާފަހެ، ނަތީޖާ ލިބުމުން މުޒާހަރާކުރަން މަޑުކުރަންވީ ނޫންހެއްޔެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "މިހާރު ކުރިއަށް ދާ މުޒާހަރާގެ ބޭނުމަކީ"