Live Traffic

Jul 15, 2012

"ގާނޫނާ ހިލާފުކަމެއް އަޅުގަނޑު ނުކުރަން" – ރައީސް ނަޝީދު

ގާނޫނާ ހިލާފަށް ކަމެއް ނުކުރައްވާކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް، އަބްދުއްލޯ ގާޒީ ކިޑްނެޕުކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނާ ހިލާފު އަމަލެއް ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ވަނީ ބުނެފައެވެ. އެއީ ގާޒީ ކިޑްނެޕުކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް އެދި ހައިކޯޓުންނާއި ސުޕުރީމް ކޯޓުން ނެރުނު ނިޔާގައެވެ.

ގާނޫނާ ހިލާފުވުމަކީ އަހަރެމެން މިދައްކާހެން ހިތަށް ފެނުމުން ގާނޫނާ ހިލާފުވުމެއް ނޫނެވެ. ގާނޫނު އަސާސީގައި ފަޑިޔާރެއް ހައްޔަރުކުރެވޭނެ އުސޫލުތަކެއް ބުނެފައި އޮއްވާ، އެއުސޫލުތަކާ ހިލާފަށް، އަދި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގެ ބާރު ލިބިދީފައި ނުވާ ބަޔަކު އެފަދަ ކަމެއް ކުރުމަކީ ގާނޫނީ ކުށެކެވެ. އަދި މަތީ ހުރިހާ ކޯޓުތަކެއްގެ އަމުރާ ހިލާފުވެ ބޮލާޖެހުމަކީވެސް ގާނޫނީ ކުށެވެ.

މިއީ ރޯމާދުވާލު ހިނގާދިޔަ ކަންތައްތަކެވެ. ދެބަހެއް ވެވެން ނެތް ގާނޫނީ ކުށްތަކެވެ. ރައީސް ނަޝީދަކަސް، މައުމޫނަކަސް، ގާސިމަކަސް، ޑރ ވަހީދަކަސް ގާނޫނުގެ ކުރިމަތީގައި ވާން ޖެހޭނީ ހަމަހަމައެވެ. ކުށެއް ކޮށްފި ނަމަ އަދަބު ލިބެންޖެހޭނެއެވެ. ނަމަވެސް، އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައެވެ. އެފަދަ މަޖިލީހެއް ގާއިމުކޮށްދިނުމަކީ ރާއްޖޭގެ އުއްތަމަ ފަޑިޔާރާއި ކޯޓުތަކުގެ ބަލަދުވެރިޔާ ކަމުގައިވާ ޖުޑިސަލް ކޮމިޝަންގެ ޒިންމާއެކެވެ.

ރައީސް ނަޝީދާމެދު ދައުވާކުރަން ފޮނުވާއިރު އަބްދުއްލޯ ގާޒީއާ މެދު ޖުޑިސަރީއިން ފިޔަވަޅު ނާޅާ ތިބެނީ ކީއްވެތީ ސުވާލު އުފެދެއެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on ""ގާނޫނާ ހިލާފުކަމެއް އަޅުގަނޑު ނުކުރަން" – ރައީސް ނަޝީދު"