ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށްޓަކައި 77 މެމްބަރުން އިންތިހާބުކޮށްފައި ތިބެއެވެ. މަޖިލީހުގެ ޖަލްސާ ބޭއްވޭ ގާނޫނީ އަދަދަކީ 20 މެމްބަރުންނެވެ. އެއީ މަޖިލީހުގެ 4 ބައި ކުޅަ އެއް ބަޔެވެ. ނުވަތަ %25 އެވެ. މިއަދަދަށް ވުރެ މެމްބަރުން ހާޒިރުވެ ނެތްނަމަ ކޯރަމް ހަމަ ނުވާކަމަށް ބަލައި ނުވަތަ ގާނޫނީ އަދަދު މަދުވެއްޖެކަމަށް ބަލާ ޖަލްސާއެއް ނުބޭއްވެއެވެ.
މިހާރު އެންމެ ގިނައިން އިވޭ އަޑަކީ މަޖިލީހުގެ ކޯރަމް ހަމަ ނުވެގެން މަޖިލީހުގެ ޖަލްސާ ނުބޭއްވޭ ވާހަކައެވެ. ބޮޑެތި މުސާރަތަކާއި އެލަވަންސްތަކާއި ރާއްޖޭއިން ބޭރުގައި ބޭސް ފަރުވާގެ ހިދުމަތާއި ކާރުކޮޅާއި ރަތް ޕާސްޕޯޓާއި ލިބިފައި ތިބޭއިރުވެސް ތިމާމެންނާ ހަވާލު ކުރެވިފައިވާ ޒިންމާ އިހުލާސްތެރިކަމާއެކު ނުއުފުލުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ.
77 މީހުންނަށް ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު ހޭދައެއް ކުރެވޭއިރު އޭގެ ތެރެއިން %75 މީހުން މަސައްކަތުން ފިލައިގެން، މަޖިލީހުގެ ޖަލްސާއަށް ނައިސް، އަމިއްލަ ކަންކަމުގައި އުޅުމަކީ ރައްޔިތުންނަށް ވެވޭ ކިހާ ބޮޑު ހިޔާނާތެއް ތޯއެވެ. ފާޅުގައި ތިމާމެން ކޮށްގެން ތިބި ހުވަޔާ ހިލާފުވީއެވެ. މަޖިލީހުގެ ވަކިވަކި މެމްބަރުންގެ ހާޒިރީ ހިފައިގެން މިމައްސަލަ ކޯޓަށް ހުށައަޅާދޭނީ ކޮން ދިވެހި ދަރިއެއްތޯއެވެ؟
މަޖިލީހުގެ ޖަލްސާތަކުގައި ތިމާމެން ވާހަކަ ދައްކަނީ ރައްޔިތުންގެ ހައްގުގައޭ ބުނާއިރު ތިމާގެ އިހުލާސްތެރިކަން ކޮބާ ހެއްޔެވެ؟ މިމައްސަލަ ހައްލުކުރަން މަސައްކަތެއް ނުކޮށް ތިޔަ ތިބެނީ ކީއްވެގެން ހެއްޔެވެ؟ މިމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައަޅާ ރައްޔިތުންނަށް ހިޔާނާތްތެރިވަމުންދާ މެމްބަރުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފަސްޖެހެނީ ތިމާމެންވެސް އެކަމުގައި ބައިވެރިވާތީ ދޯއެވެ؟
މަޖިލީހުގެ އެންމެ މުހިއްމު ކަމަކީ ގާނޫނީ އަދަދު ހަމަކޮށްގެން ޖަލްސާތައް ބޭއްވުމަށްވާއިރު، މި މައްސަލަ އަކީ ފާޑެއްގެ ކޮމެޓީއަކަށް ފޮނުވައިގެން ދިގުދަންމަން ޖެހޭ ކަމެއް ނޫނެވެ. މިހާރުން މިހާރަށްވެސް، މިއަދުން މިއަދަށްވެސް ފަޔަވަޅު އަޅަން ޖެހޭ މައްސަލައެކެވެ. ރައްޔިތުންނަށް ހަރާންކޯރުވާ މީހުން ދެނެގަނެ ފިޔަވަޅުއަޅާ އަދި ރައްޔިތުންގެ ފައިސާ އިސްރާފުވުން ހުއްޓުވުމަށެވެ. މިކަމާމެދު އެޅޭނެ ލައްކަ ފިޔަވަޅު އެބަހުއްޓެވެ.
އެޅޭނެ ފިޔަވަޅުތަކަކީ އަންނަނިވި ކަންތައްތައް ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށައަޅާގެން ފާސްކުރުމެވެ. 1. އެއްވެސް އުޒުރެއްނެތި ޖަލްސާއަށް ނާންނަ ކޮންމެ ދުވަހަކަށް 5،000 ރުފިޔާ މަހު މުސާރައިން ކެނޑުން. (ނޯޓު: މަޖިލީހުގައި ތިބީ ގިނައިން ވިޔަފާރިވެރިން ކަމުންނާއި ލިބޭ މުސާރައަކީ ވަރަށް ބޮޑު އަދަދެއްކަމުން ކަނޑަންވާނީ އެގުން ވާ އަދަދަކުންނެވެ.) 2. މަޖިލީހަށް އައިސް ހާޒިރީގައި ސޮއިކޮށް، ޖަލްސާއަށް ނުވަދެ ގެއަށް ދިއުން ނުވަތަ ސައިކޮޓަރީގައި ތިބޭ މެމްބަރުންނަކީ އެދުވަހު މަޖިލީހަށް ނާންނަ ބަޔެއްކަމުގައި ބަލައި އެއިން ކޮންމެ ދުވަހަކަށް 3،000 ރުފިޔާއިން ޖޫރިމަނާ ކުރުން. 3. މަޖިލީހުގެ ކޮންމެ ދައުރެއްގައި ހާޒިރީ %60 އަށްވުރެ ދަށްވާ މެމްބަރުންނަކީ މެމްބަރުކަމުގެ ޝަރުތު އުނިވެއްޖެބަޔަކު ކަމުގައި މަޖިލީހުން ފާސްކުރުން.
މިއީ ތިމާމެންމެގެ އިހުލާސްތެރިކަމެއް ހުރެއްޖެނަމަ ކޮށްލަން އެހާ ބޮޑު ކަމެއް ހެއްޔެވެ؟
މަޖިލީހަށް ފަރުވާ ކުޑަކުރުމުގައި ވަކި މިވަނި ޕާޓީއެކޭ ކިޔާނެ ކަމެއް ނެތެވެ. މިހާރު މަޖިލީހުގައި އެމްޑީޕީގެ 32 މެމްބަރުން އެބަ ތިއްބެވެ. ޑިމޮކުރަސީ ގެންނަން އުޅޭ މީހުން ކޮޅު އެކަނި ޖަލްސާއަށް ދިޔަޔަސް ކޯރަމް ހަވާނެއެވެ. ޑިމޮކުރަސީގެ ތަބަކީ މަޖިލިސްކަމަށްވާއިރު މަޖިލީހަށް ހާޒިރު ނުވެތިބެ ކޮން ޑޮމޮކުރަސީގެ ވާހަކަ ދައްކަން ލަދުގަންނަންވާނެއެވެ. އިންސާފުގެ ދަތުރޭ ކިޔައިގެން މަޖިލީހަށް ނައިސް، ބިލުތައް ފާސްނުކޮށް، ހަދަން ޖެހޭ ބިލުތައް ނަހަދައި އެހެން ގޮވުމުން ތިމާމެންގެ ނިޔަތް ރަނގަޅުނޫން ކަން އެގެއެވެ.
ދެން އޮތީ ފީފީއެމް އާއި ޑިއާރުޕީގެ ވާހަކައެވެ. ދެބައި މީހުންގެ އަދަދު އެއްކޮށްލުމުންވެސް އެމްޑީޕީ މެމްބަރުންނަށް ވުރެ އަދަދު ގިނަ ވެއެވެ. މިހާރު މިއޮތީ ތިމާމެންގެ ސަރުކާރެކޭ ކިޔާއިރު ލަދެއް ހަޔާތެއް ކޮބާހެއްޔެވެ؟ އަދިވެސް އެއުޅެނީ ވަޒީރުންނަށް ރުހުން ނުދެވިގެންނެވެ. ތިމާމެންގެ އިހުލާސްތެރިކަމެއް ކޮބާ ހެއްޔެވެ؟ މަޖިލީހުގެ ކޯރަމް މިއުޅެނީ ހަމަ ނުވެގެންނެވެ. ހަމަކުރަން އުޅޭ ތަނެއްވެސް ނުފެނެއެވެ.
ޖަލްސާއަށް ނައިސް މެމްބަރުން އުޅެނީ ކޮންތާކު ހެއްޔެވެ؟ ގިނަ ބަޔަކު އުޅެނީ މެމްބަރުކަމުން ލިބޭ އިނާޔަތުގައި ރާއްޖެއިން ބޭރުގައި އަބިދަރިން ގޮވައިގެން ވިޔަފާރިކޮށް މަޖާނަގާށެވެ. އަމިއްލަ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްތަކުގައެވެ. މަޖިލީހުގެ ކޮންމެ ދައުރެއްގެ ދެމެދުގައި ޗުއްޓީ ލިބޭއިރުވެސް އެޗުއްޓީ މަދުވެގެން އެވެރިން ދައުރުގެ މެދުތެރެއިންވެސް ޗުއްޓީ ނަގައިގެން އުޅެނީ އަމިއްލަ ކަންކަމުގައެވެ. މިފަދަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅެން ޖެހެއެވެ.
ގުޅޭ ހަބަރު:
ކޯރަމް ގެއްލިގެން މަޖިލީޙުގެ ޖަލްސާ ނިންމާލައިފި

0 comments: on "ރައްޔިތުންގެ ނޯކަރުން ފަރުވާކުޑަ ކުރާއިރު ..."
Post a Comment