Live Traffic

Aug 9, 2012

ގައުމުގެ ހަމަޖެހުމަށްޓަކައި އަލީވަހީދުގެ ހުށައެޅުމަށް ތާއީދުކުރަންޖެހޭ

މަޖިލީހުގެ މެމްބަރު އަލީވަހީދަކީ މާ ރަގަޅު މީހެއް ނޫނެވެ. ރިސްވަތުގެ ތުހުމަތުތައް ކުރެވޭމެއެވެ. މީހާ ބެލުމުގެ ބަދަލުގައި އެމީހާ ބުނާ އެއްޗަކަށް ބެލުމަށް އަހަރެމެން އެކަކު އަނެކަކު ގާތުގައި ބުނަމެވެ. އެގޮތުން ވިސްނާއިރު، އަލީވަހީދު ކިޔާ އެއްޗަކާ މެދު ވިސްނުން ވަރަށް މުހިއްމެވެ. ސަބަބަކީ އެކަމުން ހެޔޮ ބަދަލެއް މިގައުމަށް އައިސްދާނެތޯ ވިސްނާއިރުގައެވެ.

އަލީވަހީދު ބުނަނީ ވެރިކަން ބަދަލުވީގޮތް ބަލަން ހަވާލުކޮށްފައިވާ ކޯނީ އިން ގޮތެއް ކަނޑައެޅުމުގެ ކުރިން ސިޔާސީވެރިން އެކަމަށް ތައްޔާރުވެ އެއްބަސްވުންތަކެއް ވަމާ ހިނގާށެވެ. ކޯނީއިން ނިންމާ ގޮތެއްގެ މައްޗަށް ބަލާ އަމަލުކުރާނެ ގޮތެއް ސިޔާސީ ހުރިހާ ފަރާތްތަކަކުންވެސް އެއްބަސްވުމެވެ. އެއިރުން ކޮންމެ ފަދަ ނިންމުމެއް އައި ކަމުގައި ވިޔަސް ދެބައިމީހުން ތަޅައި ނުގަނެ، ސުލްހަވެރިކަމާއެކު ގައުމައިގެން ކުރިއަށް ދެވިދާނެއެވެ. ދޫދިނުމާއި މާފުކުރުމާ މެދުވެސް ވިސްނިދާނެއެވެ.

ހަމަ އެގޮތަށް، ބަގާވާތަކަށް ވެއްޖެނަމަ، އެމައްސަލަ ޕީޖީއިން ސުޕުރީމް ކޯޓަށް ހުށައަޅައި ކުރީގެ ރައީސްގެ ވެރިން އިއާދަކުރެވިދާނެއެވެ. އިންތިހާބުގެ ދުވަސް މިހާ ކައިރިވެފައި އޮއްވައި އަދި ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުރަސްތައް ހުރިއިރު، އަވަސް އިންތިހާބެއް ބޭއްވުމަކީ ވަރަށް ނާދިރުކަމެކެވެ. ހަމަ އެއާ އެކު، ބަގާވާތެއް ކަމަށް ނިންމައިފިނަމަ، ބަގާވާތުގައި ހިމެނޭ ފުލުހުންނާއި އަދި އެހެން ފަރާތްތަކާމެދު އަމަލުކުރާނެ ގޮތެއް ނިންމުން މުހިއްމެވެ.

މިފަދަ ގޮތަކަށް ސިޔާސީ މީހުން ވާހަކަ ދައްކައިގެން ނުނިންމައިފި ހިނދެއްގައި އަދި ބަގާވާތެއްކަމުގައި ނިމިއްޖެނަމަ، މިގައުމު އިތުރު ހަލަބޮލި ގަނޑެއްގެ ތެރެއަށް ވެއްޓޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. ދާހިލީ ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ބަގާވާތުގައި ތުހުމަތު ކުރެވޭ ފުލުހުން ވޮށި ފަޅާލާފައި ބޭރަށް ނުކުމެދާނެއެވެ. ހަމަ އެގޮތަށް މިއީ ބަގާވާތެއް ނޫން ކަމަށް ނިމިއްޖެނަމަ، އެމްޑީޕީއިން އަނެއްކާވެސް މަގުމަތި ހަލަބޮލިކުރާނެއެވެ. ގަހާ ސައީދު ހަވަރަށްދީ، ކޮމަންވެލްތާއި ކޮމިޝަންގެ މެމްބަރުންނާ މެދު ތުހުމަތުކޮށް ދެކޮޅުވެރިކަން މިގައުމުގައި އާއްމުކުރާނެއެވެ.

މިއީ ގައުމަށް ހެޔޮއެދޭ އެއްވެސް ދިވެހި ދަރިއަކު ބޭނުންވާނެ މަންޒަރެއް ނޫނެވެ. އެހެންކަމުން އެންމެ ރަނގަޅީ ދުރާލައި ގޮތެއް ނިންމުމެވެ. ނިންމުން ފެނި ބޯމަތިވުމުން ކަންތައްތަކެއް ކުރަން އުޅެގެން ކަމެއްކުރެވޭ ވަރަށް ވުރެ ގައުމު މާ ހަލަބޮލިވާނެއެވެ. އެހެން ކަމުން އަޅުގަނޑުގެ ނަޒަރުގައި ފަށަން މިއުޅޭ ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގެ މަސްވަރާތަކުގެ އެންމެ މުހިއްމު ކަމަކަށް ވާންވީ މިކަމެވެ. އެއީ މިގައުމަށް ސުލްހަ މަސްލަހަތުކަން އައުމަށް އެދޭ ގައުމު ދެކެ ލޯބިވާ ދަރިއެއް ނަމައެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ގައުމުގެ ހަމަޖެހުމަށްޓަކައި އަލީވަހީދުގެ ހުށައެޅުމަށް ތާއީދުކުރަންޖެހޭ"