Live Traffic

Jul 20, 2012

ރޯދަ މަހުގެ ހުރުމަތް ކެނޑުމަކީ ނަޝީދަށް ބޮޑުކަމެއް ނޫން

މައުމޫނު ވެރިކަމުން ފޭބީ ރޮއި ކަރުނަ އަޅުއްވަމުންނެވެ. އެކަމަށް މަލާމާތްކުރެއްވި ނަޝީދުގެ ހާލު މާދެރައެވެ. ވެރިކަން އަތުން ބީވިކަން އެނގުނީ އަމިއްލައަށް އިސްތިއުފާދީ، ތިމަން އިސްތިއުފާދިނީ ގައުމަށް ހެޔޮއެދޭތީއޭ ބުނެ ޓީވީ ކުރިމަތީ ޑުރާމާ ކުޅެ، ގެއަށް ގޮސް، ޑރ ވަހީދު ރައީސް ކަމުގެ ހުވާކޮށް، ހުރިހާ ކަމެއް ނިމި އޭގެ އަނެއް ދުވަހު އަސްރުވީ ފަހުންނެވެ. ދެން، އެކަމާމެދު ހިތުގައިގާ ޖެހިގެން ވެރިކަން އަބުރާލިބޭނެ ކަމުގެ އުއްމީދުގައި ހަތަރު ދަމު އެއުޅެނީ މަގުމަތީގައެވެ.

މިހެން އުޅެނިކޮށް ބަރަކާތްތެރި ރޯދަމަސް މިއޮތީ އައިސްފައެވެ. އަޅުކަމުގައި މަސްއޫލުވެ، ވެރިކަމުގައި ތިމާއަށް ހެދުނު ގޯސްތަކާމެދު ވިސްނުމުގެ ބަދަލުގައި މިހާރު އެއުޅެނީ މިބަރަކާތްތެރި މަހުގެ ހުރުމަތް ކަނޑާށެވެ. ވެރިކަމުގައި ހުރެގެން އިޓަލީއަށް ކުރެއްވި ދަތުރުގައި ރާފޮދު ބެއްލެވިކަމަށާއި އެތަން ދިޔާނާ ދުށްކަމަށް ކިޔާއުޅެއެވެ. އަދި އަރިހު ބޭކަލުން އާރަށުގައި ރާފޮދު ބައްލަވާކަމަށް އެތަނުގެ ކޭޓަރިން ބެލެހެއްޓި ފަރާތްތަކުން ކިޔާއުޅެއެވެ. މިހުރީ ހެޔޮލަފާ މުސްލިމެއްގެ ކިބައިން ފެންނާނޭ ކަންތައްތަކެއް ނޫނެވެ.

ނަޝީދުގެ ވެރިކަމަށް އެންމެ ބޮޑު ގުޑުމެއް އައި އެއް ދުވަސްކަމަށްވާ 23 ޑިމެސްބަރުގައި މަދު ބަޔަކާ އެކު އާޓިފިޝަލް ބީޗުގައި ވިދާޅުވެވުނީ ކޮން އެއްޗެއްތޯއެވެ؟ ކުރެއްވީ ކައު އިތުރު ރަސޫލާއަށް މަލާމާތެވެ. ކުޑަ އަންހެން ކުދިން ޝިކާރަ ކުރައްވާ މީހެއްގެ ތުހުމަތު އެކަލޭގެފާނާމެދު ކުރެއްވިއެވެ. ޖާރީއާ ގެންގުޅުމާ އަންހެން ކުދިން ހިތާން ކުރުމަށް ހިތްވަރު ދެއްވިކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވިއެވެ. ކައު ރަސޫލާގެ ސީރަތު ތިމާއަށް ނޭގޭ ހާލުގައި އަދި އެކަންކަމުގެ ހަގީގަތް ނޭގޭ ހާލުގައި އިސްލާމުދީނުގެ އަދުއްވުންގެ ބަސްމަގު ބޭނުންކުރެއްވީ ކީއްވެތޯއެވެ؟

އެއްވެސް އިރެއްގައި ތަނެއްގައި ވާހަކަ ދައްކަމުން ކައު ރަސޫލާއަށް ސަލަވާތް ކިޔެވިކަން އަޑުއެހި މީހަކު ނެތް އިރު، މިފަދަ މީހަކަށް ރޯދަމަހެއް ހައްޖެއް ދިންނަވާނޭ މަގެއް ތަރާވީހު ނަމާދެއް އޮންނާނެތޯއެވެ؟ ތިމާ މަގުފުރެދިފައިވާ ހާލުގައި އެބަލަނީ އެހެން މުސްލިމުންވެސް މަގުފުރެއްދޭތޯއެވެ؟ އަދި ބަރަކާތްތެރި ރޯދަ މަހުގެ ބަރަކާތުން ބަރީއަކުރެވޭތޯއެވެ. ހާސިލުކުރަން ބޭނުންވަނީ އެންމެ ކަމެކެވެ. ގެއްލި ދިޔަ މާރިޔާ ދީދީގެ އާއިލާއަށްޓަކައި ތިމާ މީހާ ކޮށްދިން ވެރިކަމެވެ.

މިހުރީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ. 23 ޑިސެމްބަރުގައި އާޓިފިޝަލް ބީޗުގައި ހުރެ ކައުރަސޫލާއަށް މަލާމާތްކުރެއްވިއެވެ. އޭގެ އޯޑިޔޯ އަހާލަ ބަލާށެވެ. ދިވެހި ކިޔަވާ ކުދިންގެ ހިތްތަކުން އިސްލާމުދީން ފޮހެލުމަށްޓަކައި މަސައްކަތްކުރެއްވި ކަމަށް ވޮޝިންޓަން ނޫހަށް ދެއްވި އިންޓަވިޔުއެއްގައި އޮތެވެ. ބައިނަލް އަގްވާމީ މުއާހަދާތަކުގައި ސޮއި ކުރަމުން ދިޔައީ މިތަނުގައި އެހެން ދީންތަކަށް ފުރުސަތު ލިބޭނެ ގޮތް ބަލައިގެންނެވެ. މިބިންމަތީގައި އެހެން ދީންތަކަށް އުޅެން ބޭނުންވާ މީހުންގެ ހައްގުގައި ވަކާލާތުކުރައްވަނީ ފާޅުގައެވެ.

ރާއްޖޭއިން ބޭރަށް ދާކޮންމެ ދަތުރެއްގައި ދިވެހިރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މީހުން ތިބި ވާހަކަ ދައްކަވަނީ ބޭރު މީހުން ބިރު ގަންނަވައި، ދިވެހިންގެ އަގީދާ ބަލިކޮށްލުމަށް އެމީހުންގެ ވާގި ހޯދުމަށް ނޫންހެއްޔެވެ؟ މިވާހަކަ ތައް ދައްކަން ޖެހެނީ ދީން ސިޔާސީ ހަތިޔާރަކަށް ހަދަން ބޭނުންވެގެންނެއް ނޫނެވެ. ހަގީގަތް ބަޔާންކޮށްދިނުމަށެވެ.

ތިމާގެ ހިތުގައި ދީނާމެދު ކުރެވޭ ޝައްކުތަކާއި އަމަލީގޮތުން އިސްލާމުދީނުގެ އަދުއްވުން ކަންކުރާހެން ކަންކުރާތީ އެވާހަކަ ދައްކާ މީހުންނަކީ ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރާ ބަޔެކޭ ބުނާއިރު، ޑިމޮކުރަސީގެ ވެރިންގެ ކިބައިގާ ހުންނަން ޖެހޭ ސިފައެއް ތިމާގެ ކިބާގައި ނުހުންނަ އިރު ޑިމޮކުރަސީގެ ދައުވާ އެކުރައްވަނީއެވެ. ތިމާގެ ވެރިކަމުގައި ގާނޫނު އަސާސީއަށް ކޮޅުފައިން އަރާ ދިވެހިރާއްޖޭގެ ގާނޫނުތަކާ ރޯމާ ދުވާލު ހިލާފުވެފައިވާއިރު އެގާނޫނު އަސާސީއިން ލިބޭ ހައްގުތަކެއްގެ ވާހަކަވެސް އެބަ ދައްކަވައެވެ.

ޑިމޮކުރަސީގެ ވެރިއަކު ގައިމު މީހުން ދަންވަރު ނިދާފައި ތިއްބާ ވަގަކަށް ނުނަގާނެއެވެ. މީޑިއާއަށް ބިރު ދައްކާ، ދައުލަތުގެ މީޑީޔާ ހިސޯރުކޮށް އެއިރު ދެދަޅައަށް އެކިކަންކަމާމެދު ޖަވާބުދާރީވާން ސުޕުރީމު ކޯޓަށް ދާކަށްވެސް ނުޖެހޭނެއެވެ.





Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ރޯދަ މަހުގެ ހުރުމަތް ކެނޑުމަކީ ނަޝީދަށް ބޮޑުކަމެއް ނޫން"