ނަޝީދުގެ ވެރިކަމަށް ބަލާއިރު އެފަދަ ކަމެއް ފެންނާކަށް ނެތެވެ. ނަޝީދުގެ އަނބިކަބަލުން ލީލާގެ އާއިލާ މީހުން ވެރިކަމުގެ މަގާމުގައި ތިބި ތަނެއް ނުފެނެއެވެ. ފެނުނު އެކަކީ އަކުރަމް ކަމާލުއްދީނެވެ. ލީލާގެ ޅިއަނެކެވެ އަދި އެމްޑީޕީގައި ނަގާކިޔާ މީހެކެވެ. ލީލާގެ ބަދަލުގައި ނަޝީދުގެ ހަޔާތުން އެހެން އަންހެނެއް މާކައިރިކޮށް ފެނެއެވެ. އެއީ ކޮންމެ ތަނަކަށް ދާއިރުވެސް އެންމެ ކައިރީގައި ހުންނަ މާރިޔާ ދީދީއެވެ.
މާރިޔާ ދީދީ އާއި އަންނި އާ ދެމީހުންގެ އޮންނަ ގުޅުމެއް ނޭގެއެވެ. ނަމަވެސް، ވަރަށް ގާތް ޖޯޑެކެވެ. މާރިޔާ ނުނިކުންނަ މުޒާހަރާތަކުން އަންނި ނުފެނުމަކީ މަޝްހޫރުކަމެކެވެ. މިސާލަކަށް މަޖިލީސް ދޮށުގައި ކުރި މުޒާހަރާއެވެ. އަދި ހުރިހާ މުޒާހަރާތަކެއްގައި އަންނިގެ އެންމެ ކައިރީގައި ހުންނަނީ މާރިޔާ ދީދީއެވެ.
އަންނިގެ ވެރިކަމުގައި މާރިޔާ ދީދީގެ އާއިލާ މީހުންނަށް ދައުލަތުގެ މަގާމުތަށް ބަހާފައި އޮތީ ސުމާރެއް ނެތް ވަރަށެވެ. ކުންފުނިތަކުގެ ބޯޑުން ގޮސް ރައީސް އޮފީހުގެ މަތީ މަގާމުތަކާ ހަމައަށެވެ.
މިއަދު ވެރިކަމުގައި ހުންނެވި ޑރ ވަހީދަށް ބަލާއިރުވެސް އަނބިކަބަލުންގެ ނުފޫޒު ކިތަންމެ ވަރަކަށްވެސް ފެނެއެވެ. ހުރިހާ ބޭރު ދަތުރުތަކެއްގައި ގެންދަން ޖެހެއެވެ. ކުންފުނިތަކުގެ ބޯޑުތަކުން ޅިޔަނުންނަށް މަގާމުތައް ދިނެވެ. އަދި ނުވީތާކަށް އަންނި ސަރުކާރުގައި ޑިޕުލޮމެޓިކް މަގާމުތަކުގައި ތިބި ޅިއަނުންނަށް ހެޔޮ ކަންތައްތައް ކުރައްވާތަން ފެނެއެވެ. އޭގެ މިސާލުތަކަށް ބަލާއިރު ލަންކާގެ ސަފީރު ހުސެން ޝިހާބު އޮސްޓުރޭލިޔާގެ ސަފީރުކަމަށް ހައްޔަން ކުރުމާއި ނަޒާކީ ޒަކީ މެލޭޝިޔާގެ އިތުރުން އިންޑޮނޭޝިޔާގެ ސަފީރުކަމަށް އައްޔަންކުރުން ފާހަގަކުރެވެއެވެ.
އޮސްޓުރޭލިޔާ އަދި އިންޑޮނޭޝިޔާގައި ސަފީރުން ކަނޑައެޅުމުގެ ބޭނުމަކީ ކޮބާތޯއެވެ؟ ރައްޔިތުންނަށް އިތުރު ހިދުމަތެއް ފޯރުކޮށްދިނުންތޯއެވެ؟ ނޫނީ ދެވެރިންނަށް އަރާމާއި ލައްޒަތުގައި އެދެގައުމަށް ގޮސް ވިޔަފާރިކޮށްލައި ދައުލަތުގެ މެހެނާންދާރީގައި ވިޔަފާރިއަށް ބޭނުންވާ ތަކެތި ހޯދުން ތޯއެވެ؟ މިދެމީހުންނަކީ ޑިޕުލޮމެޓިކް މިޝަނެއް މިޒަމާނުގައި ހިންގޭ ފެންވަރުގެ މީހުން ނޫންކަން އެއޮފީސްތަކަށް ވަދެ އުޅޭ މީހުންނަށް އެނގޭނެއެވެ.
ދެން ދައްކަން އޮތީ މާ ބޮޑު ވާހަކައެކެވެ. އެއީ ޑރ ވަހީދު ވެރިކަމަށް އައުމާއެކު އިމިގުރޭޝަނަށް ލީ އިލިޔާސް ޅިއަނުގެ ވާހަކައެވެ. އިމިގުރޭޝަންގެ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޮތް މީހަކު އެތަނަށް ލާން ހެޔޮވާނެހެއްޔެވެ؟ ސާބިތު ވިޔަސް ނުވިޔަސް ކޮންމެވެސް އެއްގޮތަކަށް ނިންމާފައި ނޫނީ އޭނާ އެމަގާމަށް ލާން ހެޔޮވާނެ ހެއްޔެވެ؟ ހަމަ އަނބިކަބަލުންގެ ނުފޫޒެވެ. މިނިވަން މުއައްސަސާތަކުގެ އަމުރަށް ކިޔަމަންވާނެ ކަމަށް ޑރ ވަހީދު ވިދާޅުވެފައި އޭސީސީގެ ބުނުމާ ދެކޮޅަށް އެކަންތައް އެކުރައްވަނީ ހަމަ އަންހެނުންގެ ވިޔަރު ގަދަކަމުންނެވެ.
ކޮންމެއަކަސް، ބުނަން ޖެހޭ ވާހަކައަކީ، ގިނަ ޕާޓީތަކެއް ގޮވައިގެން 100 ދުވަސް ފުރިހަމަ ކުރެއްވިޔަސް ޑރ ވަހީދާ މެދު ދެކޭ ގޮތް މިއޮތީ ބަދަލުކުރާން ޖެހިފައެވެ. އަނބިގޮއްޔެ ރުއްސަން އުޅުނު މީހަކަށް މިގައުމަކުން ކޮރަޕްޝަން އެއް ނައްތައެއް ނުލެވޭނެއެވެ. މިކަން ނަސްރީނާގެ އާއިލާ، މާރިޔާ ދީދީގެ އާއިލާ އިންފެނި އަދި ވަހީދުގެ އަބިކަބަލުންގެ އާއިލާއިންވެސް ފެންނަމުން އެހެރަދަނީއެވެ. ތިޔަ ގޮތަށް ވެރިކަން ކުރާ މީހަކަށް މިގައުމުގެ ތައުލީމީ ތަންދޮރު ވަކިވާ ޒުވާން ވޯޓު ނުލާނެކަން ހަދާން ކޮށްދެމެވެ. މިގޮތަށް ވެރިކަން ކުރާ މީހުންނަކީ ހެޔޮވެރިކަމެއް ކުރަން އުޅޭ ބަޔަކަށް ވުރެން ބޮޑަށް ތިމާގެ އަމިއްލަ ބޮކުސާ ބޮޑުކުރަން އުޅޭ ބަޔެކޭ ބުނަންޖެހެއެވެ.
ގުޅޭ ހަބަރު:
މި ސަރުކާރުގެ ބައެއް އިސް ވަޒީފާތައް ކޮރަޕްޝަންގެ ތުހުމަތު އޮތް މީހުންނަށް!
0 comments: on "ވަހީދުގެ އަންހެނުންގެ ނުފޫޒާ ހުރެ ވަހީދުގެ ސިޔާސީ ހަޔާތް ބަނަވަނީ"
Post a Comment