Live Traffic

Mar 10, 2012

އިގްސޯދީ ގޮތުންވެސް އަންނިވަނީ ފޭލިވެފައި

ދިވެހިންނަށް އެންމެ ބޮޑުވާ މައްސަލައަކީ ޑޮލަރު ނުލިބުމާއި ތަކެތީގެ އަގު އުފުލުމެވެ. މިކަން ހައްލުކުރުމަށް އަންނިގެ ވެރިކަމުގައި ކުރީ ހައްތަހާވެސް ކުޑަކުދިން ކުރާ ކަހަލަ ކަންތައްތަކެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެން ހިފުނީ އެއް ބަންގާޅީ ސޮރެވެ. މަސްފަލަ އެކަކުވެސް އަތުލައެއް ނުގަނެވުނެވެ. އެކަމަކު އެމީހުން ނޭނގޭމީހަކު މިމާލެއަކު ނޫޅެއެވެ.

ތިން މަސްތެރޭގައި ހައްލުކުރަން ބުނި ޑޮލަރުގެ މައްސަލައަކީ ޝީޝެލްސް ނަމޫނާއަކަށް ބަލައިގެން ކުރަން އުޅުނު ކަމެކެވެ. ނަމަވެސް، ތިމާއަކީ ގޮތް ދޫކުރާ މީހަކަށް ނުވެފައި އެހެން މީހުންގެ އަޑު އަހާމީހަކަށް ނުވުމުން އެވެސް މިވަނީ ފޭލިވެފައެވެ. ޑޮލަރު ފުލޯޓުކޮށްގެން ތިން މަސްތެރޭގައި ޝީޝެލްސްގައި ޑޮލަރުގެ މައްސަލަ ހައްލުކުރިއެވެ. ނަމަވެސް، އަންނި ސަރުކާރަކަށް މިކަމެއް ނުވިއެވެ.

އޭގެ ސަބަބުތަކުގެ ތެރޭގައި
1.    ރާއްޖޭގައި ހުރިހާ ތަނެއްގައި ހުރިހާ ވިޔަފާރިތަކެއްގައި މުއާމަލާތްކުރާ ފައިސާ އަކީ ދިވެހި ޑޮލަރު ކަމުގައި ކަނޑައެޅުމާއި ޑޮލަރުގެ ވިޔަފާރިތަކެއް ނުހުއްޓުވުނެވެ. ބޭނުން ވުމުން ސުޕާތަކާއި އެހެން ކަންތައްތައް ވަރަށް ބަރާބަރަށް ކުރެވެއެވެ.
2.    އިންޕޯޓު ޑިޔުޓީތައް ކަނޑާލެވުނު އިރު އެކަމުން ރައްޔިތުން ފައިދާ ނެރެދޭނެ ގޮތްތަކެއް ރޭވިފައެއް ނެތެވެ. ދަހި ސާދާގަރުން ހެދިހާ އެއްޗެއް ހެދިގެން ތިބީއެވެ. އާއްމުން ކޮޅު ހަނާކޮށްލި އިރުވެސް ކަމެއް ކުރެވުނީ އެއް ނޫނެވެ. ނޫނެވެ. އެސްޓީއޯއެއް ކުރި މަސައްކަތް ބަރާބަރެވެ. އެހެން ނޫނީ ރައްޔިތުން ބަޑަށް ޖެހުނީހެވެ.
3.    އިގްތިސޯދީ ބަދަލު ގެނެވޭނީ އެންމެން ގުޅިގެން އިދިކޮޅު މީހުންނަށްވެސް ވިސްނައިދީ ރައްޔިތުންނަށް ވެސް އަންގައިދީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވާއިރު، އަންނިގެ ތިމާ އެކަނި ކަންކުރާ ސިޔާސަތުގެ ދަށުން މީހުންނާ މައްލަވަކޮށްގެން ކުރަން އުޅެގެން އިގްތިސޯދީ ސިޔާސަތު ވިއްކާނުލެވުމާއި ދިމާވެފައިވާ ހުރަސްތައް ނައްތާ ނުލެވުން.
4.    ޝީޝެލްއިން އިގްތިސޯދީ ބަދަލުތައް ގެނައިއިރު އެކަމުގެ ހުރަހަކަށްވި ގަވަރަނަރުވަނީ މަގާމުން ބޭރުކޮށްފައެވެ. އެމްޑީޕީއިން މިކަން ކުރަން އުޅުނެވެ. ނަމަވެސް، ފަހުން އެކަން ދޫކޮށްލީ ކޮންމެވެސް އަމިއްލަ މަސްލަހަތެއް ހިމާޔަތްކުރަން ވެގެންނެވެ. އެހެން ނޫނަސް، އޭނާ ބަހައްޓައިގެންވެސް ކަމެއް ކުރެވުނު ނަމަ ރަނގަޅުތާއެވެ.
5.    ރާއްޖެއަކީ އިންޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވީއިރުވެސް، އަންނި ސަރުކާރުގެ ރޭވުންތެރިކަން ހުރި މިންވަރަކީ މިހާރުގެ މުޒާހަރާތަކުން އެފެންނަވަރުގެ އުފެއްދުންތެރި ހިޔާލުގެ މީހުންތިބި އިރުވެސް އެމީހުންގެ ބޭނުންކޮށް ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރެވިފައެއް ނުވެއެވެ. ވެރިކަމުގައި އުޅުނީ މާރިޔާ އާއި އޭނާގެ އާއިލާ ކިހިލި ޖަހައިގެންނެވެ. އާއްމު މެމްބަރުންގެ ބޭނުން ކުރަން މިއެގުނީ ވެރިކަމުން ވެއްޓުނީމައެވެ.

ކުދިންނޭވެ. ވެރިކަން ކުރަން އެނގުމަކީ ގައުމެއްގެ އިގްތިސޯދު ހަމަޔަކަށް އަޅުވަން އެގުމެވެ. ވޯޓު ބޭނުވިއްޔާމު އެމްޑީޕީއިން އެފަދަ މީހަކު ދައްކާށެވެ. ވޯޓުދޭނަމެވެ. މައުމޫނަށް ވޯޓު ނުލާން އަހަރެމެން މިތިބީ ނަދުރު ގަނެގެންނެވެ.


ގުޅޭ ލިޔުން:
ޝީސެލްސްގެ އިގުތިސޯދީ ތަރުޖިބާއާ ދިމާއަށް ރާއްޖެ ދަތުރު ފަށަން ޖެހިފައި – ސަން ނޫސް

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

1 comments: on "އިގްސޯދީ ގޮތުންވެސް އަންނިވަނީ ފޭލިވެފައި"

ali said...

Just want to say thank you for putting nation first! :)

ali