ކުރީގެ ރައީސް ނަޝީދު ހައްދަވާ ހިސާބުތައް ދިމާ ނުވާ ވާހަކަ ބަޔަކު މީހުން ކިޔަމުން ދިޔައެވެ. ފުރަތަމަ ދިމާ ނުވި ހިސާބަކީ އެމަނިކުފާނު ވެރިކަމަށް އައުމަށް ހެއްދެވި ހިސާބެވެ. އެހިސާބުން ދައްކާގޮތުގައި އެމަނިކުފާނަށް ލިބިލެއްވީ 54% ވޯޓެވެ. އެއީ އެމަނިކުފާނަށް ފުރަތަމަ ބުރުގައި ލިބިލެއްވި 25% ވޯޓާއި އެމަނިކުފާނާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންގެ ހިތްމަތުން ހޯދެއްވި 29% ވޯޓެވެ. ނަމަވެސް، ވެރިކަމަށް އާދެވުމާއެކު ވިދާޅުވަމުން ގެންދެވީ ތިމަން މީ ރައްޔިތުން ހޮވި ވެރިއެއް ކަމާއި 54% އެއީ ހަމަ ތިމަންގެ މެނިފެސްޓޯއަށް ލިބުނު އެއްޗެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ގޮނޑިތަކެއް އަމިއްލަ އަމިއްލައަށް ހޯދުމުގެ ނިޔަތުގައި އިއްތިހާދުގެ އެއްވެސް ބައިވެރިއަކާ އެކު މަސައްކަތް ކުރަން ބޭނުން ނޫންކަމަށް ބުނެ އަމިއްލައަށް ނުކުމެ ބަލިވުމުންވެސް ބުނީ ތިމަންނަ ހެދި ހިސާބުތަކުން އެމްޑީޕީއަށް ލިބުނު ވޯޓު ގިނަ ކަމަށެވެ.
ދެން އައީ ލޯކަލް އިންތިހާބު ތަކެވެ. އިދިކޮޅު ފަރާތްތަކަށް ވޯޓުލާން ބޭނުން ނުވެފައި، އެމްޑީޕީ ކޮލިޝަނުގެ މަސައްކަތާ މެދު ހިތްހަމަ ނުޖެހޭތީވެ، ގިނަ ބަޔަކު ވޯޓު ލާން ބޭނުމެއް ނުވިއެވެ. މިއިންތިހާބުގައި އެންމެ ގިނަ ގޮނޑިތަކެއް ލިބުނީ އިދިކޮޅު ފަރާތްތަކަށެވެ. ނަމަވެސް، މިއިންތިހާބުންވެސް ތިމަންގެ ޕާޓީގެ ތާއީދު ބޮޑުވެއްޖެކަމަށް ވިދާޅުވިއެވެ. އަދި ފާޑެއްގެ ހިސާބުތަކެއް ހައްދަވައި ގިނަ މީހުން ވޯޓުލީ ތިމަންމެންނަށޭ ވިދާޅުވިއެވެ.
އެހެން ކަމުން، އެމަނިކުފާނު ހައްދަވާ ހިސާބުތަކާ އެހެން މީހުން ހައްދަވާ ހިސާބުތައް ދިމާނުވާ ވާހަކަ މީހުން ދައްކަން ފަށައިފިއެވެ.
ރައީސް ނަޝީދާ ހިލާފަށް މީޓިންތަކުގައި ރައީސް ވަހީދު ކަލްކިޔުލޭޓަރު ގެންގުޅުއްވާ ތަން އެބަފެނެއެވެ. އަދި އެމަނިކުފާނު ހައްދަވާ ހިސާބުތައް އަދި މިހާތަނަށް ރަނގަޅުކަމަށް ފެނެއެވެ. މިއީ މީޓިން ތަކުގައި ކަލްކިޔުލޭޓަރު ގެންގުޅުއްވާތީބާވައެވެ؟

0 comments: on "ރައީސް ވަހީދު ހިސާބު ހައްދަވަނީ ކަލްކިޔުލޭޓަރުން"
Post a Comment