Live Traffic

Dec 21, 2011

އިސްލާމްދީނުގެ ދިފާއުގައި އެމްޑީޕީ މެމްބަރުންވެސް ނުކުންނާނެ

މިސައިޓު ހިންގާ ޓީމުގެ ފިކުރަކީ އެމްޑީޕީގެ ފިކުރެވެ. ރައްޔިތުންނަށް ފައިދާކުރަނިވި އިސްލާހު ގައުމަށް ގެނައުމެވެ. ސަރުކާރުން ކުރާ ރަނގަޅު ކަންތައްތަކަށް ތައުރީފުކޮށް، ކުރާ ގޯސް ކަންތައްތަކަށް އަޅުގަނޑުމެން ފާޑުކިޔަމެވެ. އަދި ހަމައެއާ އެކު، އަޅުގަނޑުމެންނަކީ ވަކިމީހަކާ އަދި ވަކި ބަޔަކާމެދު ތައައްސުބެއް ގެންގުޅޭ ބަޔެއް ނޫންކަމުން، ހަމަޔަކާއި އިންސާފުން ބޭރުން ކުރިން ވެރިކަން ކުރި މީހުންނާމެދު ވެވޭ ބޭއިންސާފުތަކާމެދު ވެސް ނުރުހި އަޑު އުފުލީމެވެ.

އެތަކެއް ދަލެއް އޮހުރުވާފައި އަންނި ރައީސްކަމުގެ ގޮނޑިގާ ބައިންދާފައި، އަހަރެމެން އައީ މިސައިޓު ހިންގާށެވެ. ސަރުކާރަށް އުފެއްދުންތެރި ފާޑުކިޔާނެ ބަޔަކު އެތެރެއިން ބޭނުން ވެއްޖެކަން ވިސްނިގެންނެވެ. އަންނި ހުވާކުރި ދުވަހު މިސައިޓު ވުދޫޖަށް ގެނެސްފީމެވެ. އަންނި ވެރިކަމަށް ގެނައުމަކުން އަހުރެމެން މިއަދަކުވެސް ހިތާމައެއް ނުކުރަމެވެ. ނަމަވެސް، މިއަދު ސަރުކާރުގެ މިސްރާބު ދާގޮތުން ގިނައިން ފާޑުކިޔަން ޖެހިފައިވާ ކަމަށް ގަބޫލުކުރަމެވެ.

މުޒާހަރާ އާ މެދު އަޅުގަނޑުމެންގެ ވިސްނުމަކީ އެމްޑީޕީގެ ދުވަސްވީ، ވެރިކަން ބަދަލުކުރުމަށް ދުލާއި ގަލަމުން ލޭއޮހުރުވި ބުޝްރީމެން ކަހަލަ ދެގޮތެއް ނުވާ ތެދުވެރިންގެ ވިސްނުމެވެ. ބުޝްރީއާ އެކު އަހުރެމެންވެސް "އިސްލާމުދީނުގެ ދިފާއު" ގައި ތެދުވާނަމެވެ.

އިސްލާމު ދީނުގެ ދިފާއުގައި ދިވެހިން: އެމްޑީޕީގެ ދުވަސްވީ މެމްބަރު ކެޔޮނިރު ބުޝްރީ

އަޅުގަނޑަކީ އަދިވެސް އެމްޑީޕީގެ މެމްބަރަކީމެވެ. ނަމަވެސް މިވަރަށް ސަރުކާރަށް ފާޑުކިޔާ ކަމުގައި ވަނީނަމަ ޕާޓީން ކަނޑާލުމަކީ ވެސް އެކަށިގެންވާ ކަމެކެވެ. އެމްޑީޕީގެ ހުރިހާ މެމްބަރުންނަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ލޯ މަރާލައިގެން ތިބެ ތާއީދުކުރާނެ ބައެއް ނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ މިލްކުވެރި ފަރާތަކީ އަންނިއެއް އަދި ރީކޯ މޫސައެއް ވެސް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީއެކެވެ. އަންނި އާއި ރީކޯ އަދި މާރިޔާ އާއި އިސްވެ ތިބެ އިންތިމެން ކަހަލަ ޕާލިމެންޓުގެ ބައެއް މަދު މެންބަރުން ލައްވާ ކުޅުވާ ކޮންމެ މިއުޒިކަކަށް އެމްޑީޕީގެ ތަސައްރަފް ފުދޭ މެމްބަރުން ނަށާކަށް ނުޖެހެއެވެ. އިތުރަށް ވިދާޅުވޭ

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އިސްލާމްދީނުގެ ދިފާއުގައި އެމްޑީޕީ މެމްބަރުންވެސް ނުކުންނާނެ"