ދާދި ފަހުން ސަރުކާރުން މިވަނީ މަސްވަރާގެ މޭޒުދޮށަށް ސަލަފު ޖަމުއްޔާއަށް ދައުވަތުދީފައެވެ. ނަމަވެސް، ސަލަފުން އެވަނީ އެދައުވަތު ގަބޫލު ނުކޮށްފައެވެ. ކޮންމެ ގޮތަކަށް ސަރުކާރުގެ ނިޔަތް އޮތްކަމަށް ފެނުނަސް މަސްވަރާގެ މޭޒުދޮށުން ސަލަފު ބޭރުވާން ޖެހޭ މަގުބޫލު އުޒުރެއް ނެތެވެ. އިސްލާމު ދީނަކީ މަސްވަރާގެ ދީނެވެ. ރިވެތިގޮތުގައި މުގާބަލާކުރުމަކީ އިސްލާމީ ރިވެތި އުސޫލެކެވެ. ސުންނަތެކެވެ. އެކަމަށް ސަލަފުން ފުރަގަސްދިން ކަމީ އަޅުގަނޑުމެން ހިތާމަކުރާ ކަމެކެވެ.
ރައީސް ނަޝީދު ދީނުގެ ހައްދުތަކާމެދު އަދި ޕީއްލޭގެ ގޮވާލުމާމެދު އެއްގޮތަށް މަސްވަރާކުރަން ބޭނުންކަމުގައި ވިޔަސް އެއީ މަސްވަރާކުރުމަށް އޮތް އުޒުރަކަށް ވެގެން ނުވާނެއެވެ. މަސްވަރާގެ މޭޒުދޮށަށް ގޮސްފައި ހިތްހަމަ ނުޖެހޭ ކަމެއް އޮތިއްޔާމު އެކަމެއް ރައްޔިތުންނަށް ހާމަކޮށްދިނުމުން ފުދޭނެއެވެ. އަދި އެއަށް ފަހު މަސްވަރާއިން ބޭރުވުމަކުން ގޯހެއް ނެތެވެ. ނަމަވެސް، އިސްލާމުދީނުގެ މަސްވަރާގެ ރިވެތި އުސޫލު ދޫކޮށްލީތީ އަޅުގަނޑުމެން ސަލަފު ކުށްވެރިކުރަމެވެ.
ހަމަ މިހިނދުގައި ސަލަފުން އިސްލާމުދީނުގެ ނަމުގައި ކުރާ ބޭކާރު ކަންތައް ހުއްޓާލުމަށް ގޮވާލަމެވެ. ވަރުވަރުގެ ނޫސްބަޔާން ނެރުމަކުން މުގައުމަކު ކަމެއް ނުވާނެއެވެ. ސާބިތު ހެއްކެއް އޮތިއްޔާމު ވެރިމީހާ ގޮވައިގެން ކޯޓަށް ވަޑައިގަންނަވާށެވެ. ޖަމުއްޔާ އުވާލަދާނެތީ ބިރު ނުގަންނާށެވެ. ބިރުވެތިވާނީ ހެއްދެވި ފަރާތް ދެކެއެވެ. ޖަމުއްޔާ އުވާލުމުން އެހެން ޖަމުއްޔާއެއް ހަދާނީއެވެ. ވަކިވަކި ފަރުދުންނާ މެދު ބޭއިންސާފުން ކަންތައް ކުރުމަކަށް މިހާރުގެ ގާނޫނު އަސާސީ ތަން ނުދޭކަން ހަދުމަކޮށްގެން ކުރިއަށްދާށެވެ.

0 comments: on "ސަލަފުން ސަރުކާރާ މަޝްވަރާކުރުމުން އެކަހެރިވިކަމަކީ ހިތާމަކުރާ މައްސަލައެއް"
Post a Comment