މައްސަލައަކީ އިސްތިއުފާދިނުމެއް ނޫނެވެ. އިސްތިއުފާދިން ނޭވައިގާ ކޮންމެވެސް ނަމެއް ކިޔާފައި ދައުލަތުން ބޮޑު މުސާރަދޭ މަގާމަކަށް ލުމެވެ. މިހާރު އެއީ އިންފުރާސްޓުރަކްޗަރު އެޑިވައިޒަރޯ ރައީސް އޮފީހުން ބުނެއެވެ. ބަލަ، އަންނީއެވެ. މަޖިލީހުގެ މެމްބަރުން ގަނެދޭ އެޑްވައިޒަރަށް ލިޔަސް މައްސަލައެއް އަހަރެމެންގެ ނެތެވެ. ހަމައެކަނި މައްސަލައަކީ ދިވެހިންގެ ފައިސާ މިކަހަލަ ބޭކާރު މީހުންނަށް ހަރަދު ކުރާތީވެއެވެ. އަންނިއަށް ދިވެހިރައްޔިތުން ދޭ އެއް ލައްކަ ރުފިޔާއިން ކޮންމެވެސް ވަރެއް ދީގެން ސަރަގޭގެ މުސާރަ ހަމަ ޖައްސާށެވެ. ކޮންމެހެން ރައްޔިތު މީހާ މިހާ ނިކަމެތިކޮށް އުޅޭއިރު، ތަކެތި އަގުބޮޑުވެގެން ދެކޮޅު ނުޖެހިގެން އުޅޭއިރު، އިތުރު ތަކުލީފު ޖެއްސިޔަ ނުދޭށެވެ.
މިސަރަގު އާދަން މަނިކަކީ މިހާރުވެސް ކޮންމެވެސް ބޭރުމީހެއްގެ އަތުން ނުހައްގުން ރިސޯޓެއް ޖަހައިގަނެގެން އުޅޭ މީހެއްކަމަށް ކިޔާއުޅެއެވެ.
0 comments: on "ސަރަގު އާދަން މަނިކުގެ ބަލަދު ދިވެހިރައްޔިތުންނަށް"
Post a Comment