ކޯނީއިން ރިޕޯޓު ނެރުމުގެ ކުރިން ގޮތްތަކެއް ކަނޑައަޅައި އެމްޑީޕީއިން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް، އެއީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށެވެ. ވަނީ ވަރަށް ބޮޑަށް ވަކި ފަރާތަކަށް ޖެހިފައެވެ. މިސާލަކަށް ބަގާވާތެއް ނޫން ކަމަށް ނިމިއްޖެނަމަ ބަގާވާތެއް ކަމަށް ވާހަކަ ދައްކާ ގައުމު ހަލަބޮލިކޮށް އުޅުނު މީހުންނަށް އަދަބެއް ނެތެވެ. އެމީހުންގެ ސަބަބުން ގެއްލި ދިޔަ އެހެން މީހުންގެ ހައްގުތަކަށް ބަދަލު ކަނޑައަޅާފައެއް ނުވެއެވެ. ރައްޔިތުން ގާފިލުކޮށް ދޮގުހަދާ އޮޅުވާލި މީހުން އަނެއްކާވެސް އެފަދަ ކަންތަައްތައް ކުރުމަށް ހިތްވަރުދިނުމަށް ޖުމުތަމައަށް ދޫކޮށްލަންވީ ހެއްޔެވެ؟ މިއީވެސް އިންސާފެއް ނޫނެވެ.
އެހެންކަމުން، ކޯނީއިން ނިންމާނެކަމަށް އެންމެ ބޮޑަށްް ބެލެވޭ ހާލަތްތަކާއި އެހާލަތްތަކާ ގުޅިގެން އެޅިދާނެ އެންމެ އިންސާފުވެރި ގޮތެއް ތިރީގައި ހުށައަޅާލީމެވެ.
1. ކޯނީއިން ބަގާވާތެއް ކަމުގައި ނިންމުން:
މިގޮތަށް ނިންމައިފިނަމަ، ޕީޖީއިން އެމައްސަލަ ސުޕުރީމް ކޯޓަށް ހުށައަޅައިގެން ވެރިކަން އިޔާދަކޮށްދިނުމަށް އެދުމަކީ އިންސާފުވެރިގޮތެކެވެ. އަދި 2013 އާ ހަމައަށް ވެރިކަމުގައި ހުރުމުގެ ފުރުސަތު ނަޝީދަށް ދޭންވާނެއެވެ. އެއަށް ފަހު ގާނޫނު އަސާސީގައި ބުނާގޮތަށް 2013 ގައި އިންތިހާބު ބާއްވާނީއެވެ. ހަމަ އެއާ އެކު ބަގާވާތުގައި ހިމެނޭ ފަރާތްތަކަށް އެމީހަކު ބައިވެރިވި ބޮޑު ކުޑަމިނެއްގެ މިންވަރުން އަދަބު ލިބުމަށް ޓަކައި ޕީޖީ މައްސަލަ ކޯޓަށް ހުށައަޅައި ޝަރީއަތް ކުރަންވާނެއެވެ. ބަގާވާތުގައި ބައިވެރިވެފައި ނުވާ ނަމަ ޑރ ވަހީދަށް ކުރިން ހުރި މަގާމާއި އިނާޔަތްތައް ލިބެން ޖެހޭނެއެވެ. ނަމަވެސް، ބަގާވާތުގައި އެއްވެސް މިންވަރެއްގައި ޑރ ވަހީދު ބައިވެރިވެފައިވާ ކަމަށް ސުޕުރީމު ކޯޓުން ނިންމައިފިނަމަ އައު ނައިބު ރައީސަކު އައްޔަން ކުރާނީއެވެ. ނުވަތަ ވަހީދުއްދީން ނައިބު ރައީސްގެ މަގާމުގައި ދައުރު ނިމެންދެން ބަހައްޓާނީއެވެ.
2. ވެރިކަން ބަދަލުވީ ނަޝީދު ގައިރު ގާނޫނީ އަމުރުތަކެއް ކޮށްގެން އުފެދުނު އުދާސްގަނޑެއްގައި އެއްވެސް މަޖުބޫރުކަމެއް ނެތިކަމުގައި ކަމަށް ކޯނީއިން ނިންމުން:
މިހެން ވެއްޖެނަމަ، އިންތިހާބު އޮންނާނީ ގާނޫނު އަސާސިއާ އެއްގޮތަށް 2013 ގައެވެ. ނަމަވެސް، ގައިރު ގާނޫނީ އަމުރު ކުރި ނަޝީދާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ޕީޖީއިން ޝަރީއަތަށް މައްސަލަ ފޮނުވާނެއެވެ. އަދި އެކަމުގައި ބައިވެރިވި މީހުންނަށް އަދަބު ލިބެން ޖެހޭނެއެވެ. ހަމައެއާ އެއްކޮށް، މިއޮތް ހުރިހާ ދުވަހު ބަގާވާތެކޭ ކިޔައިގެން ދޮގުހަދާފައިވާތީ އޭނާގެ ހެކިބަހަކީ އެއްވެސް ޝަރީއަތެއްގައި ގަބޫލު ނުކުރެވޭނެ މީހެއް ކަމަށް ކަނޑައެޅުމަށް ޝަރީއަތަށް ފޮނުވެން ޖެހޭނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަރުތު ފުރިހަމަ ނުވާ މީހެއްކަމުގައި ކަނޑައެޅުމަށް ޝަރީއަތަށް ފޮނުވެން ޖެހޭނެއެވެ. 2013 ގެ އިންތިހާބާ ޖެހެންދެން ޑރ ވަހީދާއި ވަހީދުއްދީން މަގާމުގައި ދެމިތިބޭނެއެވެ.
3. ވެރިކަން ބަދަލުވީ އިންގިލާބަކުން ކަމަށް ކޯނީއިން ނިންމުން:
އެބަހީ ނަޝީދު ސިޔާސީ ގޮތުން އެޅުއްވި ޅަ އެއްޗެތިތަކެއްގެ ސަބަބުން އުފެދުނު އުދާސްގަނޑުގައި ބަޔަކު މީހުން ނަޝީދަށް މަޖުބޫރުކުރުވައިގެން ވެރިކަމުން ދުރުކުމެވެ. މިއީ މަޖުބޫރުން ކުރުވި އިސްތިއުފާ ނުވަތަ ޑިޔުރެސް އެވެ. މިފަދަ ހާލަތެއްގައި ނަޝީދު ގާނޫނާއި ހިލާފުވެފައިވާ މިންވަރެއްގެ މައްޗަށް ދައުވާކުރެވި އަދަބު ލިބެން ޖެހޭނެއެވެ. އަދި ނަޝީދު ވެރިކަމުން ދުރުކުރުމަށް މަޖުބޫރު ކުރި ފަރާތްތަކަށްވެސް އަދަބު ލިބެންޖެހޭނެއެވެ. މިދެފަރާތާމެދު ޕީޖީއިން ޝަރީއަތުގައި ދައުވާ ކުރާނެއެވެ. އަދި ހަމަ އެއާއެކު ވީހާވެސް އަވަހަކަށް އިންތިހާބު ބޭއްވުމަށް ޕާޓީތަކުން އެއްބަސްވެ އިގުރާރުވާންވާނެއެވެ. ނަޝީދު ވެރިކަމުން މަޖުބޫރުކޮށްގެން ބޭލުމުގައި ނުވަތަ އެރޭވުމުގައި ޑރ ވަހީދުގެ ހިއްސާއެއް އޮތް ކަމަށް ޝަރީއަތުން ކަނޑައަޅައިފިނަމަ، އަވަސް އިންތިބާކަށް ހުރިހާ ޕާޓީތަކުން އިގުރާރުވާނެއެވެ. އަދި އެގޮތުން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ދުރާލާ އެއްބަސްވެ، އެގޮތަށް ޝަރީއަތުން ނިންމާ ދުވަހު މަޖިލީހުން ފާސްކުރާނެއެވެ. އަދި ވީހާވެސް އަވަހަކަށް އިންތިހާބު ބާއްވާނެއެވެ. ޑރ ވަހީދުގެ ހިއްސާއެއް ނެތްކަމަށް ޝަރީއަތުން ނިންމައިފިނަމަ، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ޑރ ވަހީދު އާއި ވަހީދުއްދީން 2013 އާ ހަމައަށް ވެރިކަމުގައި ދެމިތިބޭނެއެވެ. ރައީސް ނަޝީދު ވެރިކަމުން ދުރުކުރުމަށް މަޖުބޫރު ކުރުވި ކަމަށް ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކެއް އެމީހުން ތިބި މަގާމުތަކުން ސަސްޕެންޑު ކުރުމަށްފަހު ނުވަތަ މަގާމުތަކުން ދުރުކުރެވެންވާނެއެވެ. އަދި ދައުވާކުރެވި ކުޑަބޮޑުމިނަކަށް އަދަބު ލިބެން ޖެހޭނެއެވެ.
ހުލާސާ:
1.
ބަގާވާތަކުން ވެރިކަން ބަދަލުވުން:
މިއީ އެމްޑީޕީއިން ތުހުމަތު ކުރާ ގޮތެވެ. ބަޔަކު މީހުން ދުރާލާ ރާވައިގެން
ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ނަޝީދުގެ ވެރިކަން ވައްޓާލީއެވެ.
ރިޔާސީ އިންތިހާބު
|
ރައީސް އާއި
ނައިބު ރައީސްގެ މަގާމު
|
ޝަރީއަތްކުރުން
|
އިންތިހާބެއް
ނުބާއްވާނެއެވެ. ވެރިކަން އިއާދަކުރުމަކީ އެންމެ އިންސާފުވެރި ގޮތެވެ.
އެހެންކަމުން ކޯނީގެ ރިޕޯޓަށާއި ހިއުމަންރައިޓްސް ކޮމިޝަނުގެ ރިޕޯޓަށް
ރިއާޔަތްކޮށް ޕީޖީ މައްސަލަ ސުޕުރީމް ކޯޓަށް ހުށައަޅާނީއެވެ. އަދި ވެރިކަން
އިއާދަކުރުމަށް އެދޭނީއެވެ. ދެން އޮންނަ އިންތިހާބު އޮންނާނީ 2013
ނޮވެމްބަރުގައެވެ.
|
ޑރ ވަހީދާއި
ވަހީދުއްދީން މަގާމުން އަޒަލުކޮށް، ނަޝީދު ރައީސްކަމަށް ލާނީއެވެ. އަދި ނައިބު
ރައީސެއް އައްޔަން ކުރާނީއެވެ. ބަގާވާތުގައި ބައިވެރި ނުވާނަމަ ވަހީދަށް ކުރީގެ
ރައިސެއްގެ އިނާޔަތްތައް ދޭނީއެވެ.
|
ޑރ ވަހީދު
ބަގާވާތުގައި ބައިވެރިވެފައިވާނަމަ ޝަރިއަތްކުރެވި އަދަބު ދޭނީއެވެ. އަދި
އެކަމުގައި ބައިވެރިވާ އެންމެނާ މެދު ދައުވާކޮށް އަދަބު ދޭނީއެވެ. އަދި މިހާރު
އެތިބަ މަގާމުތަކުން ސަސްޕެންޑުކޮށް ނުވަތަ މަގާމުން ވަކިކުރާންވާނެއެވެ.
|
2.
ވެރިކަން ބަދަލުވީ ނަޝީދު ގައިރު
ގާނޫނީ އަމުރުތަކެއްކޮށް އެކަމާގުޅިގެން: މިއީ ހިއުމަންރައިޓްސްގެ ރިޕޯޓުގައި ބުނާ
ގޮތާ އެންމެ އެއްގޮތް ގޮތެވެ.
ރިޔާސީ އިންތިހާބު
|
ރައީސް އާއި
ނައިބު ރައީސްގެ މަގާމު
|
ޝަރީއަތްކުރުން
|
ރިޔާސީ އިންތިހާބު
އޮންނާނީ ގާނޫނު އަސާސީ ބުނާގޮތަށް 2013 ގެ ނޮވެމްބަރުގައެވެ.
|
ޑރ ވަހީދާއި
ވަހީދުއްދީން މަގާމުގައި ދެމިތިބޭނެއެވެ.
|
ގައިރު ގާނޫނީ
އަމުރުކުރި ނަޝީދާމެދު ފިޔަވަޅު އެޅުމަށް ޝަރީއަތަށް ޕީޖީ ފޮނުވާނެއެވެ.
ބަގާވާތޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލައި ދޮގުހެދީތީ ހެކިބަސް
ގަބޫލުނުކުރެވޭ މީހެއް ކަމަށް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ ސިފަ
އުނިވިކަމަށް ދައުވާކުރެވޭނެއެވެ.
|
3.
ވެރިކަން ބަދަލުވީ ނަޝީދު
ސިޔާސީގޮތުން އެޅުއްވި ޅައެއްޗެއްގައި މަޖުބޫރީ ހާލަތަކަށް ގޮސްގެން: މިއަށް
އިންގިލާބެކޭވެސް ކިޔިދާނެއެވެ. އަދި ކުރިން ބުނި ދެގޮތާ އަޅާކިޔާއިރު ދެމެދުގެ
ގޮތެކެވެ.
ރިޔާސީ އިންތިހާބު
|
ރައީސް އާއި
ނައިބު ރައީސްގެ މަގާމު
|
ޝަރީއަތްކުރުން
|
އަވަސް
އިންތިހާބެއް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް
ޕާޓީތަކުގެ މެދުގައި ކަނޑައަޅާނީއެވެ. އަވަސް އިންތިހާބު އޮންނާނީ ޑރ ވަހީދު
ވެރިކަން ބަދަލުކުރުމުގައި ބައިވެރިވެފައިވާ ކަމަށް ސާބިތުވެއްޖެނަމައެވެ.
|
ޑރ ވަހީދު
ވެރިކަން ބަދަލުކުރުމުގައި ބައިވެރިވެފައިވާނަމަ ޑރ ވަހީދާއި ވަހީދުއްދީން
އިސްތިއުފާދީ އަވަސް އިންތިހާބަކަށް ފުރުސަތު ދޭނީއެވެ. އެހެން ނޫނީ 2013 އާ
ހަމައަށް ވެރިކަމުގައި ދެމި ތިބޭނީއެވެ.
|
ނަޝީދަށް
މަޖުބޫރުކުރި ފަރާތްތަކާއި ގާނޫނާ ހިލާފަށް އަމަލު ކުރި ހުރިހާ ފަރާތްތަކާ މެދު
ޝަރީއަތް ކުރެވޭނެއެވެ. އަދި މިހާރު ތިބި މަގާމުތަކުން ސަސްޕެންޑުކުރާނީއެވެ،
ނުވަތަ ވަކި ކުރާނީއެވެ. ގާނޫނާ ހިލާފަށް އަމަލުކުރި ހުރިހާ ފަރާތްތަކަކާމެދު
ދައުވާކުރެވޭނެ އެވެ. ނަޝީދެއް އެހެން މީހެއް ތަފާތުކުރުމެއް ނެތިއެވެ.
|
0 comments: on "ތަފާތު ހާލަތްތަކާއި ކޯނީގެ ރިޕޯޓާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް"
Post a Comment