Live Traffic

Aug 3, 2012

ޤައުމަށް ފައިދާ ބޮޑުވާނީ 2013ގެ އިންތިހާބްގައި ނަޝީދު ވާދަކުރެއްވުން!

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނީ ބަޣާވާތަކުން ކަމަށް އެމްޑީޕީ އިން ތުހުމަތުކުރާތީ އެ މައްސަލަ ތަހުގީގްކޮށް ބެލުމަށްޓަކައި ރައީސް ޑރ. ވަހީދު ވަނީ ކަމިޝަނެއް އުފައްދަވާފަ އެވެ. މި ކަމިޝަނަށް ކިޔަނީ އިންކްއަރީ ކަމިޝަނެވެ. މިދެންނެވި ކަމިޝަނުގައި ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ވެސް މަންދޫބަކު ހިމެނިފައިވެ އެވެ. އަދި މިކަމިޝަން އެކުލެވިފައިވާ ގޮތާ މެދު ކޮމަންވެލްތުން ވެސް ވަނީ ހިތްހަމަޖެހޭ ކަމުގައި ބުނެފަ އެވެ. އެހެން ކަމުން އިންކުއަރީ ކަމިޝަނުގެ މުސްތަގިއްލުކަމާއި މެދު ހުރިހާ ފަރާތަކުން ވެސް މިހާރު އެއްބަސްވެ އެވެ.

މިދެންނެވި ކަމިޝަނުގައި ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރަކު ހިމަނާފައިވަނީ ވެސް ކަމިޝަން ބޮޑަށް މުސްތަގިއްލުކުރުމުގެ ނިޔަތުގައެވެ. އިންކުއަރީ ކަމިޝަނުން ނަގަންޖެހޭ ބަޔާންތަކެއް ނަގައި ކުރަންޖެހޭ ދިރާސާތަކެއްކޮށް މައްސަލަ އާއި މެދު ކަމިޝަނުން ވަކިގޮތެއް ނިންމުމަށް ފަހު ފައިނަލް ރިޕޯޓު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މި ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. ކަން މިހެން އޮތް އިރު އިންކުއަރީ ކަމިޝަނުން ނިންމާ ކޮންމެ ނިންމުމެއް ގަބޫލުކުރައްވާނެ ކަމުގައި ކުރީގެ ރައީސް ނަޝީދު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފަ އެވެ. އަދި ޖުލައި 4 ވީ ބުދަދުވަހު ނަޝީދުވަނީ އިންކުއަރީ ކަމިޝަނަށް ހާޒިރުވެވަޑައިގެން ނަޝީދު ދެއްވަން ބޭނުންފުޅު މައުލޫމާތު އެކަމިޝަނަށް ދެއްވާފައެވެ. އިތުރަށް ވިދާޅުވޭ


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ޤައުމަށް ފައިދާ ބޮޑުވާނީ 2013ގެ އިންތިހާބްގައި ނަޝީދު ވާދަކުރެއްވުން!"