Live Traffic

Mar 21, 2012

ނަޝީދަކީ ފައްކާ ފިނޑިއެއް

ވެރިކަމުގައި ހުރެ ލައްކަ ޅަ އެއްޗެތި އެޅުއްވިއެވެ. އަޅުއްވައިފައި ވިދާޅުވަނީ ތިމަން މަނިކުފާނު ހަ ކުޅި ކުރިއަށް ކުޅުއްވާ ކަމަށެވެ. ހަ ކުޅި ކުޅުއްވައި ކުޅުއްވައި ހުއްޓައި ވެރިކަން ވެއްޓިގެން ނުވާވަރުގެ ކަމަކާ ހުރެ ވެރިކަން ވެއްޓުނީއެވެ. ގައިމު، ފުލުހުން މުޒާހަރާ ކުރުމަކީ ވެރިކަން ވެއްޓިގެން ދާނެ ވަރުގެ ކަމެއް ނޫނެވެ. ބުއްދިއާއި ހިކުމަތް ބޭނުންކުރެއްވުނު ނަމައެވެ. އެމީހުން ހައްލާލައި ރުއްސާލަން އެގުނު ނަމަތާއެވެ. ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ދުރުވިސްނުމާއި ލީޑަރޝިޕު ހަމަ ނެތީއެވެ.

އެދުވަހާ ޖެހެންދެންވެސް ފާޅުގައި، ބޮޑާ ބަސްވިދާޅުވަމުން ގެންދެވިއެވެ. އަބްދުއްލޯ ގާޒީއަށް ކޯޓާ 100 ފޫޓު ކައިރިއަށް ނުދެވޭނެ ވާހަކައާއި ތިމަން މަނިކުފާނު އޭނާ ހައްޔަރުކުރެއްވީ ގައުމީ ނުރައްކަލައަށްވާތީކަމަށާއި އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަޅުއްވަން ޖެހުނު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. އަދި ވެސް އޭނާ ބަންދުކުރާނެ ކަމަށާއި ދޫނުކުރާނެ ކަމަށް ބުނެ ގަދަ ބަސް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައެވެ. މީޑިޔާގައެވެ. ބޭރު މީޑިއާތަކަށްވެސް ހާމަކުރެއްވިއެވެ.

ނަމަވެސް، ކަމަކާ ޖެހުމުން ފަހަތަށް ޖެހިވަޑައިގެން، ތިމާގެ ކަށީގައި ހިފާފައި ހުރި ދޮގުހެދުމުގެ ސިފަ ދައްކަވައިފިއެވެ. ދޮގު ހަދާ އޮޅުވާލާ މީހަކަށް މިގައުމުގެ ވަލިއްޔުލް އަމުރު ހައްގުވަނީ ކޮން ގޮތަކަށްތޯއެވެ. މިއޮތީ ބުނާ ބަހާއި ފިނޑިކަމުގެ ލާމަސީލެއް ނޫންތޯއެވެ. ދެން ކިޔަންވީ ފިލި ނަޝީދެއްވެސް ނޫނެވެ. 19 ވަނަ ދުވަހު އެމްޑީޕީ މެމްބަރުންނަށް ދޮގުހަދައި ފިލާފައިވާތީ ފިލި ނަޝީދާއި ފިޑި ނަޝީދެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ސުވާލުކުރުމުން މިހާރު އިވެނީ އެހެން ވާހަކަ ތަކެކެވެ.

"އަބްދުއްލޯ ގާޒީއަށް އެފަދަ އިހާނެތި ގޮތެއް ހެދިހެއްޔެވެ؟ ތިމަން މަނިކުފާނަކަށް އެގިއެއް ނުލައްވައެވެ؟ ތިމަން މަނިކުފާނަށް އެގިލެއްވިހާ އަވަހަށް ގިރިފުއްޓަށް ގޮސް އެމަނިކުފާނުގެ ހާލު ބައްލަވައި ރައްކާތެރިކަން ދެއްވި ކަމަށެވެ؟ އެވާނީ އެއުޅޭ ޑިފެންސް މިނިސްޓަރު ތަލުހަތު ކުރިކަމަށެވެ. ތަލުހަތުގެ ހުރި ނުބައި ކަމަކާއެވެ."

ނޫނީ "އަބްދުއްލޯ ގާޒީ ކިޔާ މީހަކު މިއިން ދުވަހަކު ރާއްޖޭގައި ފަޑިޔާރުކަން ކުރެއްވި ހެއްޔެވެ؟ ތިޔަ ބޭފުޅުންނަށް ތިޔަ ވަނީ އޮޅިވަޑައިގެންނެވެ. ރަނގަޅަށް ބައްލަވާށެވެ؟ ގިރިފުށި ކިޔާ ރަށެއް ވެސް ނުހުންނާނެވެ. އެރަށްވަނީ މާކުރިންވެސް ގިރިގެން ގޮސްފައެވެ"

ނޫނީ "ތިމަން މަނިކުފާނަކީ ކެނެރީގޭ ނަޝީދެވެ. އަބިކަބަލުންނަކީ މާރިޔާ ދީދީއެވެ. ރައީސަކީ އަދިވެސް މައުމޫނު ނޫންތޯއެވެ. އެހެންވީމާ އަބުދުއްލޯ ގާޒީ ހައްޔަރު ކުރީ އެބޭފުޅާ ނޫންތޯއެވެ. އަޅުގަނޑު ރައީސްކަމެއް ނުކުރަމެވެ. އަޅުގަނޑަކީ ރައީސްކަން ބޭނުވެގެން ދުވަހަކުވެސް އުޅުނު މީހެއް ނޫނެވެ. ތިޔަ ކަހަލަ ސޭކު ވާހަކަ ދައްކައިގެން މުޒާހަރާތައް ހުއްޓުވަން ނޫޅޭށެވެ. ތިޔަ އުޅެނީ މައުމޫނު ބުނެގެން ތިމަންނަގެ އަގުވައްޓާލާށެވެ. ތިޔަހެން ކިޔަންޏާމު އިގިރޭސި ރާނީ ކައިރީގައި ބުނާނަމެވެ."

ނަޝީދަކީ އަހަރެމެން ލޯތްބާއި އިހުތިރާމާ އެކު ރައީސް ކަމުގެ ގޮނޑީގައި ބޭންދި ފަރާތެކެވެ. އެމީހަކާމެދު އަހަރެމެން ފަހުރުވެރިވި ފަރާތެކެވެ. ނަމަވެސް، މިއަދު ހައްގު ބަސް ބުނަންޖެހިއްޖެއެވެ. މީނާގެ ފަތިފުށް ހާމަކޮށްދިނުމަކީ ގައުމީ ވާޖިބެކެވެ. ދޮގު ހެދުމާއި އޮޅުވާލުމާއި މަކަރު ހެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ ހާލަތަކަށް ބެލުމެއް ނެތެވެ. ގައުމު އެއްކޮށް ސުންނާފަތިވިޔަސް ފަރުވާލެއް ނެތްކަމަށް ހީވާކަހަލައެވެ. ނަމަވެސް، ޒާތީ ހަސަދައެއް އެމަނިކުފާނަކާ މެދު ނުގެންގުޅޭނަމެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ނަޝީދަކީ ފައްކާ ފިނޑިއެއް"