ފުރަތަމަ މީހާ (ސަރުކާރުގެ ދިފާއުގައި) ބުނަނީ:
1. މުސްކުޅިންނަށް 2000 ރުފިޔާ ދޭންފެށުން
2. އެކަނިވެރި މައިންނަށް ދޭ އެހީ
3. ޖަލުތަކުގަ ގޮތްހުސްވެ މާޔޫސްވެފަ ތިބި ދިވެހި ދަރިންނަށް ދޭ ފުރުސަތުތައް
4. ގައުމުގަ ސިސްޓަމެޓިކް އިގްތިސޯދީ ސިސްޓަމެއް ގާއިމުކުރުން
5. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް
6. ދަނޑުވެރިކަމަށްދޭ އެހީތައް
7. ތައުލީމީ ނިޒާމު ހަރުދަނާ ކުރަން އެޅިފިޔަވަޅުތައް
8. ދަތުރުފަތުރުގެ ނިޒާމެއް އެކުލަވާލުން
ދެވަނަ މީހާ (ސަރުކާރާ މެދު ހިތްހަމަ ނުޖެހިހުރެ) ބުނަނީ:
1. ޑޮލަރު އަގުބޮޑުވުން
2. އެއްވެސް އުސޫލެއް ނެތި ކުއްލިޔަކަށް ޓެކްސް ތައާރަފް ކުރުން
3. ސިޔާސީ މަގާމު މެކުހަށް ޖެހުން
4. ތަކެތީގެ އަގު ބޮޑުވުން
5. ހެވީ ލޯޑަށާއި ރީނދޫ ބައިގަނޑުގެ ކުރިޔަށް ތިބި މީހުންނަށް ނުޙައްގުން ދިން އެއްޗެހިތައް
6. .ރާއްޖޭގެ ސިއްހީ ފަރުވާ ދޭ ތަންތަނުން ދޭ ފީކަޅާ ހިދުމަތް
7. ސިޔާސީ މީހުންނަށް ކުރާ ޖެއްސުމާއި ގޯނާ
8. ހިޔާލު ފާޅުކުރުމަށް އަޅާ ހުރަސް ތައް
9. ދީނަށް ޖަހާ ހަޖޫ ތައް
10. ދެވަނަ ފުރުސަތުގެ ސަބަބުން އިތުރު ވި ވައްކަންތަކާއި ފޭރުން އަދި ހަމަނުޖެހެން
11. ހުޅުމާލެ އަދި މާލެއިން ވިއްކާ ގޯތިތަކުގަ ވެލާނާ ބިލްޑިންގް މައްޗަށް އަރައިގެން ވެސް އައްނުލެވޭކަން
12. ގައުމު ދުވަހަކުވެސް ދަރަނިވެރިނުވާ ވަރަށް ދަރަނިވެރިވުން. ލޯނުނަގަގައިގެން ދަރަނި އަދާ ކުރާ ހިސާބަށް ދިއުން
13. ޕީޕީޕީގެ ދަށުން ހިންގާ ކަންތައް ގަންޑު
14. ފާޅުގަ ހިންގާ ކޮރަޕްޝަނާއި ޖަރީމާތައް
15. މުޖްތަމައުގެ އިޖްތިމާއީ ފެރާން ވީދާކުދިކުދި ކޮށްލުން
16. ކަރަންޓް އަދި ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ހިދުމަތްތަށް އަގުބޮޑުވެން
17. ދިވެހި ވިޔަފާރިތައް ދުއްވާލަން މަސައްކަތް ކުރުން
18. މަތީތައުލީމުގެ ދޮރުތައް ހަނިކުރުން.)ސްކޮލަޝިޕް މަދުވުން
ތިންވަނަ މީހާ (ފުރަތަމަ މީހާއަށް ރައްދުދީ) ބުނަނީ:
1. މުސްކުޅިންނަށް 2000 ރުފިޔާ ދޭން ޤާނޫނު ގައި ކަނޑައެޅިގެން ލިޔެވިފައި އެބައޮތް. އެއީ ކުރީސަރުކާރުން އުފަން ކުރުވި ޤާނޫނެއް
2. އެކަނިވެރި މައިންނަށް ދޭ އެހީ އަކީވެސް މިފަދަ އެހީއެއް
3. ޖަލުތަކުގައި ގޮތް ހުސްވެފައި ތިބި މުޖުރިމުންނަށް ފުރުޞަތު ދިނުމުން ޤަވްމުގައި ތިބި ޢާންމުންގެ ދިރިއުޅުން މިވަނީ ނަރަކަ އަކަށް ބަދަލުވެފަ
4. ސިސްޓަމެޓިކް އިޤްތިޞާދުގެ ސަބަބުން މުޅި ޤަވްމު ވަނީ 1800ގެ އަހަރުގެ ތެރެ އަށް ފަހަތަށް ގޮސްފަ. ތަކެތީގެ އަގު އިންތިހާއަށް. ޑޮލަރެއް ނުލިބޭ. އަނގަޔާ އަތާ ދިމަލެއްނުވޭ
5. ބޯހިޔާ ވަހިކަމުގެ މަޝްރޫޢު ގެ ސަބަބުން މިހާރު ރާއްޖޭގައި ގެދޮރު ލިބުނީ ކިތައް މީހުނަށް ތޯ؟ އަދިވެސް ސުނާމީގައި ޙާލުގައި ޖެހުނު މީހުން ވެސް އެތިބީ ވަންނާނެ ތަނެއް ނެތި ބިކަވެފައި
6. ދަނޑުވެރިކަމަށް އެހީ ދިނުމަށް ޓަކާ މަޖިލީހުން ފާސްކުރާ ފައިސާ ކޮންމެ ފަހަރަކު ވެސް އެބައިމީހުންގެ ޖީބަށް އެތިކޮޅެއް ލާދީފަ ބާކީކޮޅު ކާލަނީ
7. ތަޢުލީމީ ނިޒާމު ހަރުދަނާކުރި ކުރީނުން ގޮސް މިހާރު ވަނީ އަސާސީ ތައުލީމުގެ ފެންވަރަށް ވެއްޓިފަ
8. ދަތުރުފަތުރުގެ ނިޒާމު އޮތީ ފެއިލްވެފަ
އެޑިޓޯރިއަލް: މިއީ ސަން އޮންލައިނުން ނަގާފައިވާ ލިޔުމެއް. ގޮތެއް ނިންމާނީ ކިޔުންތެރިން. ނަމަވެސް، ފުލެޓުތަކެއް 2013ގެ ކުރިން ފެންނާނެ ކަމުގެ މަލަމަތި އަހަރެމެންނަށް އެބަފެނޭ. އަދި އާސަންދައަކީ ކުރެވިފައިއޮތް ގޮތް އެހާ ރަނގަޅު ނޫނަސް ވަރަށް ރަނގަޅު އެއްޗެއް. ހަމައެކަނި މައްސަލައަކީ އަންނިގެ ބޯހަރުކަމާއި ގޮތްދޫނުކުރު
0 comments: on "މިސަރުކާރުން ކޮށްދިނީ ކޮންކަމެއް؟"
Post a Comment