މާބަޑު 10 މީހުން ވިހަން ކައިރިވެފައި ތިއްބައި ހޭނައްތާ ޑޮކުޓަރާއި ކުޑަކުދިނގެ ޑޮކްޓަރާއި އަންހެނުންގެ ޑޮކްޓަރު ފުރައިގެން ގޮސްފިއެވެ. ދިއްދޫ ހޮސްޕިޓަލް ނޭވާ ހޮޅިއަށް އެޅި، ހޮސްޕިޓަލް ޓުރާންސިޓު ބަދަރަކަށް ހަދައި، ގެންނަހާ ބަޔަކު މިހާރު ފޮނުވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ
.
.
މިވަރު ވެގެންދާއިރު، ރައްޔިތުންގެ އަޑު އުފުލަން ހުރި މެމްބަރު ސަމީރު ހުންނެވީ މެލޭޝިޔާގައި އަބިދަރިންގެ ގާތުގައެވެ. މަލޭޝިޔާގެ އެންމެ ރީތި ހިސާބުން ގެއެއް ހިފައިގެން ބޮޑު ކާރެއް ގަނެގެން އަގުބޮޑު މޮޅެތި ހޮސްޕިޓަލްތަކުން ބޭސްކޮށްލައިގެން އެއުޅެނީ ހާދަ އުފަލެއްގައެވެ. ފޮޓޯގައި ސަމީރު އުޅޭ އިމާރާތް އެވަނީއެވެ.
ދިއްދޫގެ ރައްޔިތުންނޭވެ. ދިއްދޫ ރައްޔިތުންނާ އެކު އެމީހުންގެ ހާލު ގާތުން ފެންނަ މީހަކަށް ނޫނީ ދެން ފަހަރަކުން ވޯޓު ނުދޭށެވެ. ފިނި ކޮޓަރީގައި އުޅޭމީހުންނަށާއި ރަށުންބޭރުގައި އުޅޭ މީހުންނަށް ރަށު މީހުންގެ ހާލެއް ނޭގޭނެއެވެ. ދިއްދޫ ބިކަވެ ހާލުގައި ޖެހުނު އިރުވެސް ސަމީރުމެންނަށް ކަހަރިވަކެކޭވެސް ހީވޭ ހެއްޔެވެ.
ދެން މިހެން ބުނާއިރަށް މަޖިލީހަށް ކުއްލި ބިލެއްލައިގެން އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކޮށްފާނެއެވެ. ވަގުތުވާނީ ބޭކާރެވެ. ވާނެ ކަމެއް ނޯންނާނެއެވެ. ކަމެއް ކުރަންޏާމު ސަމީރު ހިފަހައްޓާ ތަނެއް ބިންދާލާފައި ދިއްދޫ ހޮސްޕިޓަލުގައި އެޑުމިޓުކުރާށެވެ. ދެން އެތަނުން ލިބެން ހުންނަ ފަރުވާ އެނގޭނެ ނޫންހެއްޔެވެ. މާލެއަށް ނުވަތަ ބޭރަށް ދިޔަ ނަމަ ނަމަ ނުދެއްޗެވެ.

0 comments: on "ދިއްދޫ މީހުން ޑޮކްޓަރެއް ނެތިގެން ދުވާއިރު މެމްބަރު ސަމީރު އާއިލާއާ އެކު މެލޭޝިޔާގައި"
Post a Comment