Live Traffic

Aug 22, 2011

30,000 ހުން މަތިން މަހު މުސާރަލިބޭ މީހުންގެ ދިފާއުގައި ތަސްމީނު

ތަސްމީނު ކިޔަނީ އާއްމުދަނީ އިން ޓެކްސް ނުނަގާށޯލައެވެ. ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެޔޯލައެވެ. ހަގީގަތަކީ ޓެކްސް ނަގަން ސަރުކާރުން ހުށައަޅާފައިވަނީ މަހު މުސާރައިން 30،000 ( ތިރީސް ހާސް) އަށް ވުރެ މަތިން ލިބޭ މީހުންގެ އަތުން އެކަންޏެވެ. އެއީ މަޖިލީހު މެމްބަރުންނާއި މިނިސްޓަރުންނާއި، ރައީސް މީހާއާއި މިނިވަން މުއައްސަސާތަކުގެ ވެރިންނެވެ.

ތަސްއެވެ. ރައްޔިތު މީހާއަށް އޮޅުވާނުލާށެވެ. އަންނި ނަގަން އުޅޭ ޓެކްސްއާ އަހަރެމެން ރުހެމެވެ. އަދިވެސް އެޓެކްސް ކުޑައީއެވެ. ކަލޯ އަންނީއެވެ. ކެރެންޏާ %50 (ފަންސާން ޕަސެންޓު) އަށް ހަދާލާށެވެ. ސިމް ނޫނަސް އަހަރެންވެސް ތިޔަ ޓެކްސް ދޭނަމެވެ. މަހު ލިބޭ ލާރިން 30،000 ރުފިޔާއިން އިތުރުވާ ބައިން %50 ދައްކައިގެން އަހަރެންނަށް މަދުވާނެ އެއްޗެއް ނޯންނާނެއެވެ.

އިދިކޮޅު ލީޑަރޭ، ސަރުކާރު ޒިންމާކުރުވަނީ އޭ ކިޔާގެން ތަސް ކުރާ ކަމެއްގެ ނުބައިކަމާއެވެ. މިކަލޭގެ އަތުން ރައްޔިތު މީހާއަށް އެއްޗެއް ދޭން ޖެހޭތީ ހާސްވަނީއެވެ. ކަންބޮޑުވަނީއެވެ.
ކަލޯ އަންނީއެވެ. ޓެކްސް ނަގާފައި ކައިރީގައި ހުރި ދޭނީ ބަގީޗާގޭ މުހައްމައިދީއަކަށް ނޫނެވެ. އެޑުވައިޒަރޭކިޔަސް ކުރާ ކަމެއް މިދުނިޔެމަތީގައެއް ނެތެވެ. އެވެރިންނަށް މުސާރަ ދޭނީ ކަލޯގެ އަމިއްލަ މުސާރައިންނެވެ. ރައްޔިތުމީހާއަށް ބަދަލު އަރުވަން ބޭކާރު މީހުން ގެންގުޅޭނެކަމެއް ނެތެވެ. އެވެރިންނަށް ދޭން ޓެކުހެއް ނޫން މެކުހެއް ވެސް ނަގާނެކަމެއް ނެތެވެ. އަބިގޮއްޔަ ކުންފުނި އޮމަދޫ ޕުރައިވެޓައިޒުކޮށްގެން އެވެރިންގެ މުސާރަ ހަމަޖައްސާށެވެ. އެއިރަކުން އަހުރެމެން ގޮވާނެ ހުތުރެއް ނޯންނާނެއެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "30,000 ހުން މަތިން މަހު މުސާރަލިބޭ މީހުންގެ ދިފާއުގައި ތަސްމީނު"