Live Traffic

Apr 29, 2011

އަންނި އަށް ވޯޓުދޭށޭ ބުނިން


"އަންނިއަށް ވޯޓު ދޭށޭ ކުރިން ރައްޓެހިންގެ ގާތުގައި ބުނީމެވެ. އެކަމަކު މިއަދު އެމީހުންގެ ކުރިމައްޗަށް އަރަން އަހަރެން ލަދުގަނެއެވެ. އަހަރެންގެ އެހެން ރައްޓެހިންވެސް އަންނިގެ ވަހާކަ ދައްކަން މިހާރު ލަދުގަނެއެވެ. އެހެންތާވާނީ، ކުރާނަމޭ ބުނި ކަންތައްތައް ދަނީ ދިމާ އިދިކޮޅަށެވެ. މިހާރު ކުކުޅެއް ލިބެނީ 55 ރުފިޔާއަށް ސަންކުއިކް ޖޫސްފުޅިއެއް 65 ރުފިޔާއަށެވެ. މިއަދު ހަމަ ރަގަޅަށް ވެސް މާޔޫސް ވެއްޖެއެވެ. އަންނިގެވެސް ތަސްމީނުގެވެސް ފަހަތުގައި ގުނބޯހެދެން ތިބޭނެކަމެއްނެތެވެ." މިއީ މިއަދު އަންނިއަށް ވޯޓުދީ އިސްލާހަށް ތާއީދުކުރި މީހުންގެ ބަހެވެ. އަންނިއަށް އަޑު އިވޭހެއްޔެވެ؟

މިހާލަތަށް އަންނަން ޖެހުނީ ކީއްވެ؟

މިހާލަތަށް އަންނަން ޖެހުމުގައި ގިނަ ގުނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި

ހ. މަގާމުތަކަށް އެކަށީގެން ނުވާ ތައުލީމެއް ނުވަތަ ތަޖުރިބާއެއް ނުވަތަ ގާބިލުކަމެއް ނެތް މީހުން ބޮޑެތި މަގާމުތަކަށް ލުން. މިސާލަކަށް ނުކިޔަވާ ތިބި ފޭދޫ އަދުހަމު ފިނޭންމިނިސްޓަރުގެ ނައިބަށް ލުމާއި އިމާރާތްކުރުމުގެ ދާއިރާއިން ކިޔަވައިގެން އުޅޭ ރޯނުއެދު އަސްލަމް ސާކިރު ފިނޭސް މިނިސްޓަރުގެ ނައިބުކަމަށްލުމާއި ކާބޯތަކެތީގެ ބާވަތްތަކާ ބެހޭ ގޮތުން ކިޔަވައިގެން ހުރި މާރިޔާގެ ކޮއްކޮ ހައުލާ ފޮރިންމިނިސްޓަރުގެ ނައިބުކަމަށް ލުމާއި މިހެން ގޮސް ހަމައެކަނި މީހާއަށް ބަލައިގެން އެތަކެއް މަގާމުތައް ބަހާފައިވެއެވެ. އައްސަދުމެން ފިނޭސް މިނިސްޓަރުގެ ނައިބުކަމުން ސްޓޭޓު މިނިސްޓަރުކަމަށް އަނެއްކާ މިހާރު ފައިނޭސް ކޮންޓުރޯލާގެ މަގާމަށް ލާން މިޖެހުނީ އެނާގެ ގާބިލުކަމުން ތޯ ސުވާލުކުރެވެއެވެ. އެތަނުގައި ހުރެގެން ގެނެވުނު ހެޔޮ ބަދަލެއް ދައްކަ ބަލާށެވެ. ޑޮލަރުގެ އަގު ބޮޑުކުރިއިރު ޓީވީއަށް އަރާ ތަކެތީގެ އަގު އުފުލަނަ ނުދިނުމަށްޓަކައި ކުރަން ބުނި ފުރީ މާކެޓު އޮޕަރޭށަންގެ ކަންތައްތައް ކޮބާ ހެއްޔެވެ؟ ބަލަ، ތަކެތީގެ އަގު އެހެރަދަނީ ހައްތަހާ ބޮޑުވަމުންނެވެ.

ށ. ދައުލަތުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ވިއްކައި ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖޭން ބޭރުކުރުން. އަންނި ވެރިކަމަށް އައިސްފައި ހުރި އެންމެ "ބޯބޮޑު" ކަމަކީ ޕުރައިވަޓައިޒްގެ ސިޔާސަތު ނުވަތަ ދައުލަތުގެ ތަންތަން އަމިއްލަ ފަރާތްތަކަށް ދޫކުރުމެވެ. މިކަން ކުރެވުނީ މަރު މޯރުން ކުރާ ބީދައިންނެވެ. އެއީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭރު މީހުންގެ ޖީބަށް ދާގޮތަށެވެ. އޭގެ މިސާލުތަކަކީ ދިރާގުގެ ހިއްސާ ބޭރު މީހުންނަށް ވިއްކުމާއި ފެން ކުންފުނީގެ ހިއްސާ ބޭރު މީހުންނަށް ވިއްކުމާއި އެންމެ ގިނައިން ބޭރު ފައިސާ ލިބޭ އެއާޕޯޓު ކުންފުނި ބޭރު ބަޔަކަށް ދިނުމާއި މިހެން ގޮސް އެތަކެއް ކަމެއް ކޮށްފިއެވެ. އެއާ ހިލާފަށް ރާއްޖެއަށް ބޭރު ފައިސާ ލިބޭނެ މަގުތަކެއް ސަރުކާރަކަށް ކޮށައެއް ނުދެވުނެވެ. އެގޮތަކަށް ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު އައްސަދުމެން، އަސްލަންޓޭމެންގެ ބެލުމުގެ ދަށުން ބައްޓަމެއް ނުކޮށްދެވުމެވެ. މިހާރު ދެން މިހާލަތުން އަރައިގަނެވޭނީ ރާއްޖޭއަށް ލިބޭ ބޭރުފައިސާ އިތުރުކޮށްގެންނޭ ގޮވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ލިބޭ އެތިކޮޅު ގައުމުގައި ބެހެއްޓޭތޯ އުޅުން މާރަގަޅުވީސް ނޫންހެއްޔެވެ؟ ބަލަ ކަންކަން ކުރާ އިރު އޭގެން ނުކުންނާނެ ނުރަގަޅު ނަތީޖާއާމެދު ވިސްނާލެވުނު ނަމަ މިހެންނެއް ނުވީހެވެ. އިންވެސްޓްމަން މޯލުޑިވުސް އާއި ޕުރައިވަޓައިޒްގެ ސިޔާސަތު ހިންގައިގެން މުއްސަދިވީ ބަޔަކުވެސް އުޅޭތާދޯއެވެ.

ނ. ވިޔަފާރިވެރިންދެކެ ބިރުން ރާއްޖެއަށް ވަންނަ ބޭރުފައިސާ ރާއްޖޭގައި ހިފެހެއްޓޭނެ ގޮތެއް ހަދަން ނުކެރުން. ރިސޯޓުވެރިން ބޭރުމީހުންނަށް ރިސޯޓުތައް ދީގެން އެދުމަތީގައި ޑޮލަރު ގުނަން ތިބޭކަން ނޭގޭ މީހަކު މިރާއްޖޭގައި އުޅޭހެއްޔެވެ؟ އަދި ނުވިތާކަށް ލިބޭ ޑޮލަރުކޮޅު ބޭންކަށް ނުލައި ސޫޓުކޭހުގައި ބޭރުކުރާކަމާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަން އުޅޭކަން ނޭގޭ މީހަކު މިކުޑަކުޑަ މާލޭގައި ނޫޅޭހެއްޔެވެ؟ ސަރުކާރަށް ކުރެވުނު ކަމެއް ކޮބާހެއްޔެވެ؟ އަތުލައި ގަނެވުނީ އެންމެ ބަންގާޅު ސޮރެއްހެއްޔެވެ؟ ބޯހަލާކު ވާވަރު ވެއެވެ. ބަލަ، ރާއްޖޭގައި ފައިސާ މުއާމަލާތްތައް ކުރާނީ ދިވެހި ރުފިޔާއިން ކަމަށް ގާނޫނުގައި ނުބުނޭހެއްޔެވެ؟ މިކަން ސަރުކާރަށް ތަންފީޒުކުރެވުނީ ކިހާވަރަކަށް ހެއްޔެވެ؟ ކަމެއް ކުރަން އެގޭ އެކަކުވެސް މިސަރުކާރުގައި ނެތީ ހެއްޔެވެ؟ އަނެއްކާވެސް ޑޮލަރާ ބެހޭ ކޮމިސަނެއް ހަދަމާ ހިގާށެވެ. އެކޮމިސަނަށް ރިފޯމިސްޓު ޖާނޭގެ ނަމާއި މޮޔަ ނާސިރާގެ ހުށައަޅައްޗެވެ. އޭރުން އެވެރިންނަށްވެސް ކޮންމެވެސް ލާރިކޮޅެއް ލިބޭނެތާއެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އަންނި އަށް ވޯޓުދޭށޭ ބުނިން"