Live Traffic

Oct 8, 2012

ގާނޫނު މާނަކުރާ ގޮތުން ކުށްވެރިން ސަލާމަތްވާއިރު، ކުށްނުކުރާ މީހުންނަށް އަދަބުލިބޭ

ފޮޓޯ: ހަވީރު ނޫސް
ލިޔުނީ: ނިޒާމް - މިދެ މައްސަލައަކީވެސް އެއް ބާވަތެއްގެ ދެ މައްސަލައެކެވެ. އެކަކު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސުލޫކީ މިންގަޑާ ހިލާފުވެގެންނެވެ. އެއީ ފުލުހުންގެ ވަޒީފާގައި ހުރެ، ފުލުހުންގެ އިދާރާއިން ތިމާގެ ފިރިމީހާ ޝާމިލުވާ ތަހުގީގެއް ކުރިގޮތާ މެދު ޕޮލިސް އިންޓިގިރިޓީ ކޮމިޝަނަށް ޝަކުވާ އުފުލި ސިޓީއިން، ފުލުހެއްގެ ވަޒީފާގައި ހުރެގެން ކޮށްގެން ނުވާނެ އެތަކެއް ކަމެއް ކުރިކަން ފަޅާއެރުމެވެ. ތިމާ އަދާކުރާ ވަޒީފާއެއްގެ ސަބަބުން އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަކީ ކުށެކެވެ. އަދި ވަޒީފާ އަދާކުރަމުންދާއިރު އެންމެންނާ މެދު ހަމަހަމަކޮށް އަމަލުކުރުމަކީވެސް އޮންނަން ޖެހޭ އުސޫލެވެ. މިކަމާމެދު ދެބަސްވާނެ މީހަކު ހުންނާނެއެކޭ ހިޔެއް ނުވެއެވެ.

ނަމަވެސް، އޭނާ ވަޒިފާއިން ވަކިކުރުމުން ކޯޓުން ނިންމީ ކިހިނެއްތޯއެވެ؟ ފުލުހުންގެ ވަޒީފާގައި ހުރެ ލިޔުނު ސިޓީއިން ހާމަވި ކަންތައްތަކަށް ބަލައިގެން ސުލޫކީ ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އަދި ވަޒީފާ އަބުރާދިނުމަށެވެ. ވަޒީފާއިން ވަކި ކުރި މުއްދަތުން ފެށިގެން ހުކުމް އިއްވި ދުވަހާ ހަމަޔަށް މުސާރައާއި އިނާޔަތްތަކާއި ޕުރޮމޯޝަންތައް ދިނުމަށެވެ. މިނިންމުން ނިންމާފައި މިވަނީ ގާނޫނުގެ ކޮންމެވެސް މާއްދާއަކަށް ހަވާލާދީފައެވެ. ނަމަވެސް، ފުލުހުންގެ މީހާ އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަން އެންމެންނަށް އެބަ އެގެއެވެ. ތިމާ އަދާކުރާ ވަޒީފާއިން ލިބޭ މައުލޫމާތެއްގެ ބޭނުންކޮށްގެން ތިމާގެ ފިރިމީހާއަށް މަންފާ ހޯދައިނުދެވޭނެކަން އެންމެންހެން ގަބޫލުކުރާއިރުވެސް މެއެވެ.

ދެން އޮތް މައްސަލައަށް ޖެހިލަމާތޯއެވެ. އިހަކަށް ދުވަހު އެސްޓީޔޯގެ މެނޭޖިން ޑިރެކްޓަރުގެ ކޮރަޕްޝަންގެ އަމަލެއް މިވަނީ ދައުވާ ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ހުށައަޅާފައެވެ. އެއީ ކުންފުނިން ދޫކޮށްފައިވާ ކުރެޑިޓް ކާޑަކުން އަމިއްލަ ހަރަދެއް ކުރީމައެވެ. އަދި އެކަމަށް ހުއްދަދޭ ގަރާރު ފާސްކޮށްފައިވަނީ  ތަންކޮޅެއް ފަހުން ކަމަށްވާތީވެއެވެ. އެފައިސާ އޭނާ ދައްކައި ހަލާސްކޮށްފައި ވިޔަސް ހެވެ. ގާނޫނުގެ ނުކުތާއަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީވެއެވެ. އިތުރު ގޮތެއް ނެތިގެން، މަޖުބޫރީ ހާލަތެއްގައި އެހެން މީހެއްގެ އެއްޗެއް ބޭނުންކޮށްފައި އޭގެ ބަދަލު ދިނުމުން ފަރުޖެހެއެވެ. ނަމަވެސް، މިއުސޫލު އޭސީސީއަކަށް ކަމަކު ނުދިޔައެވެ.

މިދެ މައްސަލައަށް ބަލާއިރުވެސް ވެގެން މިއުޅޭގޮތަކީ ގާނޫނުތައް ހާލަތާ ނުގުޅެނީއެވެ. ކަމު ނުދަނީއެވެ. އުނީއެވެ. އަދި ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ ވިސްނުންވެސް ކޮށީއެވެ. ގާނޫނު ހެދުމުގެ މަހްލޫފު ނޭގެނީއެވެ.
 
އެޑިޓަރު: މިލިޔުމުގައި މައުލޫމާތުގެ ކުށެއް އުޅޭނަމަ ކޮމެންޓުގައި ފާހަގަކުރައްވާށެވެ. އަޅުގަނޑުމެން އިސްލާހުކުރާނަމެވެ. ނޫންނަމަ، މިލިޔުން ނަގާނަމެވެ.
 

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ގާނޫނު މާނަކުރާ ގޮތުން ކުށްވެރިން ސަލާމަތްވާއިރު، ކުށްނުކުރާ މީހުންނަށް އަދަބުލިބޭ"