Live Traffic

Feb 8, 2012

އަންނި އިސްތިއުފާދިނީ ބަޑީގެ ބިރަކަށް ނޫން


އަންނީ އިސްތިއުފާދިނީ ބަޑީގެ ބިރަކަށް ނޫން ކަމަށް އޭނާގެ އެންމެ އިތުބާރުކުރާ އަދި އަލީ ހާޝިމްގެ ޅިއަނު އަދި މާލޭ އޭރިޔާގެ ކޮމާންޑަރު އެވަނީ ވިދާޅުވެފައެވެ. އަދި ނުވިތާކަށް ތިމާމީހާގެ އަމިއްލަ ފޭސްބުކުގައި "ގައުމުގެ ހަމަޖެހުމާއި މަސްލަހަތު އިސްކުރުމުގެ ގޮތުން އިސްތިއުފާދިން ކަމަށް އެވަނީ އިއުތިރާފުވެފައެވެ.

ހަގީގަތުގައި ވީގޮތަކީ ރާޒުވާ ބޯޑުގައި ކުޅޭނެ ކުޅި ހުސްވެގެން ބޮނދު ބުޑަށް ސައިވެގެން އަންނި އިސްތިފާދިނީ ދޭން މަޖުބޫރުވީއެވެ. ހަ ކުޅި ކުރިއަށް ކުޅޭކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް ސިޔާސީ މަސްރަހު ދިރާސާ ކުރާ މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ ކުޅުއްވާފައިވަނީ ހަ ކުޅި ފަހަތަށެވެ. އަދި މިދުވަސް ވަރަށް ކައިރިވަމުން ދިޔަތަން ފެންނަމުން ދިޔަކަމަށެވެ.

އެގޮތުން އަޅާފައި ހުރި ޅަ އެއްޗެއްސަކީ

1. ދިވެހިންގެ މެދުގައި އޮތް ދީނީ ހަމަޖެހުން ގެއްލޭގޮތަށް ވާހަކަ ދެއްކުމާއި އެގޮތަށް ކަންތައްތަކެއް ކުރުމާއި، އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއިރުވެސް އެއީ ތެދެއް ނޫންކަމަށް އަމަލުން ސާބިތު ނުކޮށްދެވުން އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އަބުރައި ނުހޯދުން

2. ޑޮލަރުގެ އަގު ބޮޑުކުރުމާއި އިގްތިސޯދީ ސިޔާސަތު ބޮއްސުން ލައިގެން ދިޔުން. ތަކެތި އަގު އުފެލެމުން ދިޔައިރު ސިޔާސަތުތަކެއް އެކުލަވާލައި އެކަމާމެދު ފިޔަވަޅެއް ނޭޅުން

3. 23 ޑިސެމްބަރު މުޒާހަރާއިން އިބްރަތެއް ލިބިގަތުމުގެ ބަދަލުގައި ދީނަށް ލޯބިކުރާ މީހުންނާއި ވިޔަފާރިވެރިން ރުޅިއެރުވުން އަދި ގައުމުގެ އަގު ވައްޓާލައި ތައުލީމީ ޒުވާން ޖީލުގެ އިތުބާރު ނަގާލުން

4. ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރެއިން ޖުޑިސަރީ އިސްލާހުކުރެވެން އޮއްވައި، އަދި އެކަމުގެ އެއްވެސް ރޭވުމެއް ނެތި އެއްވެސް ގޮތެއް ނުބަލައި، ކަނޑައެޅިގެން ގާނޫނުތަކާ ހިލާފަށް ފަޑިޔާރަކު ބަންދުކޮށް، ދައުލަތުގެ ހުރިހާ މުއައްސަސާތައް ތިމާއާ އިދިކޮޅަށް ތެދުވުމަށް ފުރުސަތުދިނުން

5. ފެލުހުން އިޖްތިހާދު ކުރުމުންވެސް ހަރުދަނާ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި މިލިޓަރީ ގޮވައިގެން އައިސް އެވެރިންނަށް މިލިޓަރީގެ ބާރުން ކަންތައްތައް ހައްލުކުރެވޭނެކަން ދައްކަން މަސައްކަތްކުރުން. އަދި އެންމެ މީހެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި ގައުމުގެ މަސްލަހަތަށް އިސްކަންދީ ސިފައިން ފުލުހުންނާ ގުޅިދާނެކަމަށް ގަބޫލުކުރެވިފައި ނުވުން. ތައުލީމީ ޒުވާންނުންގެ ހޭލުންތެރިކަން އަންޑައެސްޓިމޭޓްކުރެވުން.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އަންނި އިސްތިއުފާދިނީ ބަޑީގެ ބިރަކަށް ނޫން"