Live Traffic

Dec 27, 2011

ސަރުކާރުގެ ބަތްކައްކާ ކުޅޭ ސިޔާސަތު

ހީހީ ހަލާކު ނުވާނެ ހެއްޔެވެ؟ ބަޔަކު އެއްޗެކޭ ކިޔާއިރަށް މިސަރުކާރަށް އަބަދުވެސް އިވެނީ ދިމާ އިދިކޮޅަށް ނޫނީ ބުނާ އެތި ނޫން އެހެން ކޮންމެވެސް ވާހަކައެކެވެ.

އިދިކޮޅު ފަރާތްތައް: މާލޭގައި ހުރި ސްޕާތައް ބައްދުކުރާށޭ
ސަރުކާރު: އާއެކޭ. ރާއްޖޭގައި ހުރި ހުރިހާ ސްޕާތަކެއް ބައްދުކޮށްދޭނަމޭ. ފުރަތަމަ ފަށާނީ ރިސޯޓުތަކުންނޭ

އިދިކޮޅުފަރާތްތައް: މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމަށް ތިޔަ ވިސްނާ ވިސްނުން ދޫކޮށްލާށޭ
ސަރުކާރު: އާއެކޭ. ރާއްޖޭގައި އެއްވެސް ތަނަކު ރާވިއްކިޔަކަ ނުދޭނަމޭ. ހުރިހާ ރިސޯޓުތަކެއްގައި ވެސް ރާވިއްކުން މިފަހަރު މަނާކުރާނަމޭ. އަދި ކިއެއްތަ، އޫރުމަސް އެތެރެކުރުމާއި ވިއްކުންވެސް މަނާކުރާނަމޭ

އިދިކޮޅު ފަރާތްތައް: އިޒުރޭލު ބޯޓު ނުގެންނާށޭ. ގައުމީ ސަލާމަތަށް ނުރައްކާވާނެއޭ
ސަރުކާރު: އިޒުރޭލު މީހުން ގެންނަން ރިޒަވޭޝަން ހެދީ ބުރުމާ ގާސިމުގެ ޕެރަޑައިޒް ހޮޓަލުންނޭ. އެހެންވީމާ ބުރުމާބޭގެ ފުލައިމީ މަތިންދާ ބޯޓުތަކުގެ އުދުހުން މަނާކުރާނަމޭ

އިދިކޮޅު ފަރާތްތައް: ސަރުކާރުން ޕުރޮމޯޓުކުރާ ލާދީނީ އެޖެންޑާއާ ތިމަންމެން ދެކޮޅޭ
ސަރުކާރުން: ބޭރުގެ ނޫސްވެރިންނޭ. އެވެރިން ބޭނުންވެގެން އެއުޅެނީ ހަރުކަށި ޝަރިއާ ގާއިމުކުރާށޭ. އަންހެން ކުދިން ހިތާނު ނުކުރެވިގެންނޭ

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ސަރުކާރުގެ ބަތްކައްކާ ކުޅޭ ސިޔާސަތު"