Live Traffic

Dec 29, 2011

އެމްޑީޕީއިން 2013 ކާމިޔާބު ކުރަން ބޭނުންނަމަ...

އިހަކަށް ދުވަހު ނިމިގެން ދިޔަ ބޮޑު މުޒާހަރާއިން އެވަނީ ގިނަ ގުނަ މެސެޖުތަކެއް އެމްޑީޕީގެ ވެރިންނަށް ދީފައެވެ. އެކަމަކުވެސް އެއިން ކަމެއް އެނގޭ މީހަކު ހުރި ހެންނެއް ހިޔެއް ނުއެވެ.

ފުރަތަމަ މެސުޖު: ރައީސް ނަޝީދެއް ކަމަކު ދީނަށް ފުރައްސާރަ ނުކުރައްވާށޭ

ދީނަށް ނުވަތަ ރަސޫލާއަށް މަލާމާތްކުރެވޭ ގޮތަށް އެކި ފަހަރު މަތިން ރައީސްވަނީ ތަފާތު ވާހަކަ ދައްކަވާފައެވެ. އަދި ނޭގުމެއްގެ ތެރޭގައި ގިނަ ދިވެހިންވެސް ގަބޫލުކުރަނީ ތިމަން ގަބޫލުކުރާ ގޮތޭ ވެސް ބުނެފައެވެ. ނަމަވެސް، ބޮޑު މުޒާހަރާއަށް ނުކުތް އެމްޑީޕީގެ މެމްބަރުން އެބުނަނީ ރައީސް ނަޝީދޭ ހިމޭނުން ހުންނަވާށެވެ. ދީނަށް ފުރައްސާރަ ނުކުރައްވާށެވެ. ދެން ރައީސް ނަޝީދާއެކު މެދުމިނަށް ގޮވާލުމުން އެތަނަށް ނުގޮސް ތިބި މީހުންވެސް އެބުނަނީ އެހެންނެވެ. އެމްޑީޕީގެ ގޮވާލުމަށް މިހާތަނަށް މީހުން އެހާ ގިނައިން އެއްވާއިރު އެއަދަދު އެދުވަހު ނުފެނުމުން އެނގިގެން ދަނީ އެމްޑީޕީގެގިނަ މީހުންނަކީ ދީނަށް ފުރައްސާރަ ކުރާ ތަން ބަލަން ބޭނުންވާ ބަޔެއް ނޫންކަމެވެ.

އެހެންކަމުން ރައީސް ނަޝީދުވީ ރައްޔިތުންނާއި އެމްޑީޕީ މެމްބަރުން ކިބައިން މައާފަށް އެދި އިސްލާހުވާށެވެ. އަދި އެފަދަ ވާހަކައެއް ނުދެއްކުމަށް އަޒުމު ކަނޑައަޅާށެވެ. އަދި ރައީސް އޮފީހުގައި އުޅޭ ދީން ދެކެ ރުޅިއަންނަ ބައިގަނޑު ދުރުކުރާށެވެ.

ދެވަނަ މެސެޖު: ވެރިކަމުގެ ހިންގުން މިވަނީ ދޯދިޔާވެފައޭ. އެކަން ރަނގަޅުކުރާށޭ

މިއޮތީ ބޮޑުތާ ޖެހިފައެވެ. އަންނި ވެރިކަމަށް ގެނައީ ގައުމު އިސްލާހުކޮށް، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރާށެވެ. އެމަންޒަރު ރައްޔިތު މީހާއަކަށް ނުފެނެއެވެ. މައުމޫނެކޭ އަންނިއެކޭ ސަރުކާރު ހިންގުމުގައި ތަފާތެއް ނެތެވެ. ވަރަށް ދޯދިޔަލެވެ. މިގައުމުގެ ކަންތައްތައް ރަގަޅުވާ ތަނެއް ނުފެއެވެ. ކުރިން ހުރި އިޖްތިމާއީ، އުމުރާނީ، އަދި އިގްތިސޯދީ މައްސަލަތަކަށް ހައްލެއް ފެންނަ ތަނެއް ނުފެނެއެވެ.

އެހެން ކަމުން ރައީސް ނަޝީދުވީ ވީހާ އަވަހަކަށް ވަޒީރުންގެ މަޖިލީހުން ފީހޮވާލައި ހިންގުންތެރި އެހެން ބަޔަކު ގެންނާށެވެ. ބޮޑުތަކާއި ކޮމެޓީތަކުގައި ތިބި ކަމެއް ނުކުރެވޭ މުސާރަ ނަގާ މީހުން ބޭރުކޮށް ރަގަޅު ބަޔަކު ހޯދާށެވެ.

ތިންވަނަ މެސެޖު: ގައުމުގެ އިގްތިސޯދު ދާގޮތާ މެދު ނުރުހުމޭ. މިހާރު ތިބި މީހުން ވަކިކޮށްފައި އެހެން ބަޔަކު ހޯދާށޭ

ތަކެތި އަގު ބޮޑު ވެއްޖެއެވެ. ޑޮލަރު އުފުލިއްޖެއެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑު ވެއްޖެއެވެ. ކުރެއްވި ވައުދާ ހިލާފަށް ބޮކުން ލައިގެން ނުވަނީ ކޮން ކަމެއްތޯއެވެ.

ކުރަންވީ ކަމަކީ ޓީމު ބަދަލުކުރަންވީއެވެ. ކަންކުރެވޭ ގާބިލު ބަޔަކު ހޯދަންވީއެވެ. ބަގީޗާގޭ ޝިހާބުމެން، މަހުމޫދު ރާޒީމެން އެވަނީ ފޭލިވެފައެވެ. އެބައި އެއް ފަރާތްކުރަންވީއެވެ.

ބަލަ ރައީސް ނަޝީދެވެ. ޖުހާ އަރުވައިގެން ސޭކު ވާހަކަ ކިޔައިގެން، ރައްޔިތުން ރުޅި ނާރުވާށެވެ. މިހާރު ތިޔަ ކުޅެވެނީ 6 ކުޅި ކުރިއަކަށް ނޫނެވެ. 21 ކުޅި ފަހަތަށެވެ. ކަރަށް ދައްމަޅި ބާލުވައިގެން ބާރުކޮށް ވެރިކަމުން އަމިއްލައަށް ފައިބަނީއެވެ. އަމިއްލަ އެއްޗަށް ފައިން އެރުނު ވާހަކަ ކުރިން ވިދާޅުވީމު ނޫންހެއްޔެވެ. މިހާރު އެފެންނަނީ އެމަންޒަރެވެ. ދާދި އަވަހަށް ބުރުމާބެ ކޯޓުގައި ސަރުކާރާ ދެކޮޅަށްމައްސަލަ ނިއްމައި މިހާރުވެސް ނުކަތައިގެން އުޅޭ ބަޖެޓުން ލާރިކޮޅެއް ދަމައިގެންފާނެއެވެ.

ކުޑަކުދިން ކުރާ ސޭކުކަންތައް ކުރަން ނޫޅޭށެވެ. ހޭ ޖެހޭ ތަސައްވަރޔ ފުދިފައި ތިބޭ މީހުންނާއި ކުޑަކުދިން ކުޅޭ ކުޅިވަރު އެނގޭވަރު ވާން ވެއްޖެއެވެ. ފަހަރުގައި ބޮޑު މުޒާހަރާ ބޭއްވި އިރު ޒުހޭރު ހުންނެވީ ހިނދުކޮޅެއްގައި ކަމުން އެބޭފުޅާއަށް އިވިލެއްވި ގޮތް ތަފާތުވީކަމަށް ވެދާނެއެވެ. އެހެންޏާފަހެ، ހަތަރު ދަމު ހޭގައި ހުރި އެހެން މީހަކު ހޯދާބަލާށެވެ.މުޒާހަރާގެ ބައިވެރިން ގޮވާލި ފަސް ކަމަކީ ކޮބާތޯ ހަމަޔަށް ހުރި މީހެއް ކުރެން އަހާބަލާށެވެ. ރިސޯޓުތަކުން ރާ ހުއްޓުވައިގެން ގެއްލުންވާނީ ޓޫރިޒަމް އިންޑަސްޓުރީއަށެވެ. ބާރުކުރާނީ ހަމަ ތިޔަ ވެރިކަމުގެ ދަންމާނުތަކަށެވެ. އިތުރަށް ހަމަ ރުޅި އަންނާނީ އެމްޑީޕީގައި ދެން ވެސް ތިބި ހެޔޮވިސްނޭ ރައްޔިތުންނެވެ.

އިތުރަށް ވެރިކަން ކުރަން ބޭނުންވިއްޔާ މިނަސޭހަތްކޮޅު ކަނުލައި އަޑުއަހާށެވެ. ގައުމު ހަލާކު ކުރަން ނޫޅޭށެވެ. އެހެން ނޫނީ ޑރ. ވަހީދާ ހަވާލުކޮށްފައި ގެއަށް ވަޑައިގަތުމަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ. އަހަރެމެން އަންނި ތިޔަ ގޮނޑީގައި ވެޑުވީ ލޯތްބާ އިތުބާރާއެކުގައެވެ. ނަމަވެސް، މިއަދު މިފެންނަނީ ގަބޫލުކުރަން ދަތި މަންޒަރުތަކެއް ކަމާ މެދު ޝައްކެތްނެތެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އެމްޑީޕީއިން 2013 ކާމިޔާބު ކުރަން ބޭނުންނަމަ..."