Live Traffic

Dec 22, 2011

އެމްޑީޕީއާ އެކު ނުކުތުމަށްވުރެ ނުނިކުތުންވެސް މާ ބުއްދިވެރި

މިއަދުގެ މުޒާހަރާގައި އެއްބަޔަކު ނުކުންނަނީ އިސްލާމުދީނުގެ ދިފާއުގައި މުސްލިމުންގެ އަގިދާ ބަލިކަށިވާ ކަންތައްތައް ނުކުރުމަށް ސަރުކާރަކާއި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާށެވެ. އަނެއްބަޔަކު ނުކުންނަނީ މެދުމިނުގެ ދީނަށް ގޮވާލައި ހަރުކަށިކަމާ ދެކޮޅަށް އަޑު އުފުލާށޯލައެވެ. އަދި ކުރިން ނުކުންނަން ބުނި މީހުންނާ ދެކޮޅަށެވެ.
---------------------------------------------------------------------------
އިސްލާމުދީނުގެ ދިފާއުގައި ނުކުންނަ މީހުންގެ ވިސްނުން
- މުޒާހަރާއަށް ނުކުންނަނީ މުސްލިމުންގެ އަގިދާ ބަލިކަށިވާ ކަންތައްތައް ނުކުރުމަށް ސަރުކާރަކާއި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަން
- އެމީހުންނަށް ތާއީދުކުރާ މީހުން އައްޑޫގައި ހުރި ބުދުތަކަށް ގެއްލުން ދިން (ސަރުކާރުން އެތަކެތި ނެގުމަށް ގޮވާލައި އިޖާބަ ނުދިނުން ދީނަށް ނަސްރުދިނުމުގެ ގޮތުން ކުރި، ނަމަވެސް މާނައެއް ނެތް ކަމެއް)
- އެމީހުންނާ އެކު ޖުއްބާލައިގެން މާލޭގައި މިއުޅޭ މަދުމީހުން ކޮޅު ބައިވެރިވާނެކަމަށް ބެލެވޭ

މެދުމިނުގެ ދީނަށް ގޮވާލާ މީހުންގެ ވިސްނުން
- މުޒާހަރާއަށް ނުކުންނަނީ ސަރުކާރު ވައްޓާލަން އުޅޭތީކަމަށް އެއް ފަހަރު ބުނި (މުޒާހަރާއަކުން ސަރުކާރު ވެއްޓެންޔާމު އެމްޑީޕީއިން މައުމޫނުގެ ސަރުކާރު ވައްޓާލެވުނީހެވެ.)
- ހައްދު ޖެހުމާއި، އަތްބުރިކުރުމާއި، ރަޖަމްކުރުމަކީ ލާއިންސާނީ އަމަލުތަކެއް ކަމުގައި ދެކޭ (މާތްﷲ ބާއްވާލެއްވި ހުކުމްތަކާ ދެކޮޅު ހަދަނީ ހެއްޔެވެ؟)
- އެމީހުންނަށް ތާއީދުކުރާ މީހުން މިސްކިތަކަށް ގެއްލުންދީ، ޝަހާދަތުގެ ދެކަލިމަ ލިޔެފައި ހުރި އަފްގާނިސްތާނު ސަރުކާރުން އައްޑޫގައި ބަހައްޓާފައި ހުރި ތަބަށް ގެއްލުންދީ، އޭތި ނަގާ އެއްލާލި (މިބައިމީހުންގެ އަމަލުން އިސްލާމުދީނާ މެދު އެމީހުން ނަފުރަތުކުރާ ވަރު އެނގި ހާމަވެގެން ދެއެވެ.)
- ތިމަންމެން މީ އިސްލާމުން ނޫންކަމަށް ބުނާ މީހުންނާއި ލިވާތު ކުޅި ކުޅޭ މީހުންނަށާއި އެފަދަ ހައްގުތަކަށް ގޮވާލާ މީހުން ބައިވެރިވާނެކަމަށް ސޯސަލް ނެޓުވޯކުގައި ބުނަމުން ދޭ (މިފަދަ މީހުން ނުކުންނާނީ އިސްލާމު ދީނަށް ނަސްރުދޭން ހެއްޔެވެ؟ ނޫނީ ތިމާމެންގެ ކަންތައް ކުރިއަރުވަން ހެއްޔެވެ.)
-----------------------------------------------------

ހަމަ ޔަގީނުންވެސް މެދުމިނޭ އެކިޔާ ދީނަކީ އަދި އެގޮވާ މެދުމިނުގެ ދީނަކީ އިސްލާމު ދީނެއް ނޫނެވެ. އިސްލާމަކަށް ވެހުރެ ގުރުއާނުގައި ހުރި ހުކުމްތަކާ ދެކޮޅަކަށް އަޑެއް ނުއުފުލާނެއެވެ. އަހަރެމެންގެ ގައުމު ކުޑަވެފައި، ފުއްދުންތެރިކަމެއް ނެތިފައި، ބޭރުމީހުންނަށް ބަރޯސާވާން ޖެހުމާއި، އަހަރެމެންގެ އަދުލު އިންސާފުގެ ނިޒާމުގައި ހުރި ދޯހަޅި ކަމެއްގެ ސަބަބުން ބާއްވާލެއްވި ހުކުމްތައް ތަންފީޒު ނުކުރެވުނީ އެހެން ކަމެކެވެ. ގިސާސްގެ މައްސަލަތަކުގައި ވެރިމީހަށް އަފޫކުރުމުގެ އިހުތިޔާރު ދީނުގައި ދެއްވާފައިވެއެވެ. އެހެންނެކޭ ކިޔާފައި ދީނުގެ ހުކުމްތަކަށް ފުރައްސާރަ ކުރަންވާނެތޯއެވެ؟ ދީނުގެ އެއްބަޔަކަށް އީމާންވެފައި އަނެއްބައި ގަބޫލުކުރާ މީހުންނަކީ އިސްލާމުން ނޫންކަމަށް އެކަލާނގެ ބާއްވާލެއްވި ފޮތުގައި އޮއްވާ ދުށީމެވެ.

އޭއް އަހަރެންގެ އަހާ އަދި އުހުތާއެވެ. އެމްޑީޕީއެކު މިގޮވާލުމާ އެއްކޮޅަށް ތިމާ އަދިވެސް ނުކުންނަން ބޭނުން ހެއްޔެވެ؟ ސިޔާސީ ކަމެއްގެ ގޮތުގައި ދެކެންޏާމު އެއްވެސް ކޮޅަކަށް ނުނިކުތުންވެސް މާ ބުއްދިވެރިއެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އެމްޑީޕީއާ އެކު ނުކުތުމަށްވުރެ ނުނިކުތުންވެސް މާ ބުއްދިވެރި"